ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކުގެ މިދަންނަވާ ނަންބަރު: 62/IUL)213-MB/1/2014)ފ(25 ނޮވެންބަރު 2014) އިޢުލާން ބާޠިލުކޮށް، އަލުން މި މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.
މަޤާމު: މަސައްކަތު
ބޭނުންވާ އަދަދު: 01
ރޭންކް: އެސް.އެސް 1
ކްލެސިފިކޭޝަން : ސަޕޯޓް ސްޓާފް ގްރޭޑް 1
މުސާރަ : -/3100 ރުފިޔާ
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: މޯލްޑިވްސް ޕޮލިޓެކްނިކް / މާލެ
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން : އެޑްމިނިސްޓްރޭޝަން ސެކްޝަން، މޯލްޑިވްސް ޕޮލިޓެކްނިކް / މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
މޯލްޑިވްސް ޕޮލިޓެކްނިކްގެ،
- އޮފީސްތެރެ ކޮންމެ ދުވަހަކު ކުނިކަހައި ފޮޅައި ސާފުކޮށް މޮޕްލުން.
- ފާޚާނާތައް ކޮންމެ ދުވަހަކު ދޮވެ ސާފުކުރުން.
- ކްލާސްރޫމްތައް ކޮންމެ ދުވަހަކު ކުނިކަހައި ފޮޅައި، މޮޕްލުން. އަދި ޑެސްކުތަކާއި ގޮނޑިތައް ފޮހެ ސާފުކޮށް ބެލެހެއްޓުން.
- މޭޒު، ގޮނޑި ފަދަ ތަކެތި އެއްފަންގިފިލާ އިން އަނެއް ފަންގިފިލާއަށް އަރުވައި ބޭލުން. އަދި ސްކޫލުގައި ހިންގޭ އެކިއެކި ހަރަކާތްތަކާ ގުޅިގެން އުފުލަންޖެހޭ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، ތަރުތީބުކޮށް ބެހެއްޓުން.
- އޮފީހުގެ ބިއްލޫރީތަކާއި، ކްލާސްރޫމްތަކުގެ ފަންކާތަކާއި ފެންލައިޓާއި، ހޮޅިބުރިތައް ފޮހެ، ސާފުކޮށް ބެލެހެއްޓުން.
ޝަރުޠު:
ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. މަޤާމުގައި ކުރަންޖެހޭ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
ށ. މަޤާމުގައި ކުރަންޖެހޭ މަސައްކަތައް ކުރެވޭވަރު ޞިއްޙަތެއް ލިބިފައި ވުން.
ނ. ގިނަވަގުތުގައި މަސައްކަތް ކުރެވޭ މީހަކަށްވުމާއެކު އަދި މެންދުރު ފަހު މަސައްކަތް ކުރެވޭ މީހެއްކަމުގައިވުން.
ރ. ބަރުތަކެތި އެއްފަންގިފިލާ އިން އަނެއް ފަންގިފިލާއަށް އަރުވައި ބޭލޭ ފަދަ މީހަކަށްވުން.
އިންޓަރވިއު ކުރުން.
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 11 އިން 15 ޖަނަވަރީ 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.
ނ. މި މަޤާމުގެ އިންޓަވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު އަދި ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކޮށްފައިވާ އަސްލު ކޮޕީ ގެންނަވަންވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓް www.polytechnic.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި ކުރިން މަސައްކަތް ކޮށްފައިވާ ތަންތަނުން މަސައްކަތް ތަޖުރިބާ ހާމަކޮށްދިނުމަށް ދެއްވާފައިވާ ލިޔުންތައް
ނ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް
ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދިހިނގުން ( 1 ވަނަ ފަންގިފިލާ ) ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 5 ޖަނަވަރީ 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަންބަރު 3305401، 3305405 އަށް ގުޅުން އެދެމެވެ.