ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)405-A/2023/08
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 18:26
ސުންގަޑި: 27 ފެބުރުވަރީ 2023 20:30
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލްކުރުން

  ރައްޔިތުންނާއި ބައްދަލްކުރުން

 

                ޤާނޫން ނަމްބަރ 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ބާއްވަން ޖެހޭ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ބައްދަލްވުން، 27 ފެބުރުވަރީ 2023ވާ ހޯމަ ދުވަހުގެ ރޭ 20:30ގައި ލ.ކުނަހަންދޫ ކައުންސިލްގައި އޮންނާނެއެވެ.

މި ބައްދަލްވުމުގައި ރައްޔިތުންނާއި ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަންކަން ތިރީގައި އެވަނީއެވެ.

 

  1. 2022 ވަނަ އަހަރުގެ ކައުންސިލްގެ އަހަރީ ރިޕޯޓް
  2. 2022 ވަނަ އަހަރުގެ މާލީ ރިޕޯޓް
  3. 2023 ވަނަ އަހަރު ފާސްކުރެވުނު ބަޖެޓް
  4. 2023 ވަނަ އަހަރުގެ މަސައްކަތު ތާވަލް
  5. ރަށުގައި ހިނގާ މަސްރޫއު ތަކާއި ގުޅޭ މައުލޫމާތު
  6. ކައުންސިލުން ކުރިއަށްދާ ކަންކަމުގައި މަސްވަރާކުރުމާއި ރައްޔިތުންގެ ހިޔާލު ހޯދުން

     

                ވީމާ، މިކަން ޢާމުކޮށް އެންގުމަށް ޢިޢުލާނު ކުރީމެވެ. މި ބައްދަލްވުމުގައި ކުނަހަންދޫގެ ހުރިހާ ރައްޔިތުން ބައިވެރިވެ ދެއްވުން އެދި ދައުވަތު އަރުވަމެވެ.

20 ފެބުރުވަރީ 2023