ދިވެހިރާއްޖެ
2022 ނޮވެންބަރު/ޑިސެމްބަރު މަހު ބޭއްވުނު ތިރީގައި މިވާ ކެމްބްރިޖް އެސެސްމަންޓް އިންގްލިޝްގެ ސެޓްފިކެޓް އޮފް ޕްރޮފިސިއަންސީ އިން އިންގްލިޝް (ސީ.ޕީ.އީ)، ސެޓްފިކެޓް އޮފް އެޑްވާންސް އިންގްލިޝް (ސީ.އޭ.އީ)، ފަސްޓް ސެޓިފިކެޓް އިން އިންގްލިޝް (އެފް.ސީ.އީ)، ޕްރީލިމިނަރީ އިންގްލިޝް ޓެސްޓް (ޕެޓް) އަދި ކީ އިންގްލިޝް ޓެސްޓް (ކެޓް) އިމްތިޙާނުގެ ސެޓްފިކެޓް, 22 ފެބުރުވަރީ 2023 (ބުދަ) އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ސެންޓަރުތަކަށާއި މި ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންނަށް ދޫކުރަން ފަށާނެއެވެ. ސެޓްފިކެޓް ދޫކުރަން ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:30 އަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންގެ ރިސެޕްޝަނުންނެވެ.
މި ޑިޕާޓްމަންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާއާއި ހަވާލުވުމަށް ކެންޑިޑޭޓުން އަންނައިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ ކާޑު ނުވަތަ އައި.ޑީ ކާޑުގެ ފޮޓޯއެއް އަދި ހަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ.
01 ޝައުބާން 1444
21 ފެބްރުވަރީ 2023