ބީލަން
ނަންބަރު: (IUL)357-Cf357/357/2023/5
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި: 05 މާރިޗު 2023 11:00
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމަށް ދޭ ދަޢުވަތު ފެލިދެ އަތޮޅު ފުލިދޫގައި ކުނިއުކާލުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި އަދި ނައްތާލުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.

ބީލަން ހުށަހެޅުމަށް ދޭ ދަޢުވަތު

ފެލިދެ އަތޮޅު ފުލިދޫގައި ކުނިއުކާލުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި

އަދި

 ނައްތާލުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.

 

މަސައްކަތް ކުރުވާ ފަރާތް: ފެލިދެ އަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ.

ޕްރޮޖެކްޓްގެ ނަން: ވ.ފުލިދޫގައި ކުނިއުކައި ނައްތާލުމުގެ ނިޒާމު ހަރުދަނާކުރުން.

ކޮންޓްރެކްޓް ޓައިޓަލް: 1- ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށް ދިނުން.

                 2- ކުނި ނައްތާލުމުގެ ޚިދުމަތް ފޯރުކޮށް ދިނުން

ބީލަން ހުށަހެޅުމަށް ދޭ ދަޢުވަތުގެ އިޢުލާން ނަމްބަރު: (IUL)357-Cf357/357/2023/5

ދަޢުވަތު ދެވިފައިވާ ތާރީޚް: 21 ފެބުރުއަރީ 2023

 

 

 

  1. ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުން، ވ.ފުލިދޫގައި 15 މާރިޗް 2023 ން 31 ޑިސެންބަރު 2023 ގެ ނިޔަލަށް:

ކޮންޓްރެކްޓް 1: ގޭބިސީ ތަކާއި، ވިޔަފާރި ކުރާ ތަންތަނާއި، އާންމު ތަންތަނުން ކުނި ނަގައި އުކައި ދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި

ކޮންޓްރެކްޓް 2: އަދި ކުނިކޮށްޓަށް ޖަމާ ކުރާ ކުނި ނައްތާލުމުގެ ޚިދުމަތް ފޯރުކޮށް ދިނުން.

 ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ޝައުޤުވެރިވާ،  ބީލަމުގައި ބައިވެރުވުމުގެ ޝަރުޠު ހަމަވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. ހުށަހަޅާ ބީލަންތައް ހުންނަންވާނީ ސިޓީ އުރައިގައި ރަނގަޅަށް ބަންދުކުރެވިފައެވެ.

 

  1. ބީލަން ކުރިއަށް ގެންދާނީ ޤަވާޢިދު ނަމްބަރު: R-20/2017 "ދައުލަތުގެ މާލިއްޔަތު ޤަވާޢިދު"އާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި މި ޤަވާޢިދުގައި ބަޔާން ކުރެވިފައިވާ ގޮތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ޝަރުޠު ހަމަވާ،ދިވެހިރާއްޖޭގެ ބީލަންވެރީންނަށް ހުޅުވާލެވިފައެވެ.

 

  1. ޝައުޤުވެރިވާ އަދި ބީލަމުގައި ބައިވެރުވުމުގެ ޝަރުޠު ހަމަވާ  ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ބީލަން ފޮތް ބައްލަވާލެއްވުމަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އާއި 2:00 ދެމެދު ގުޅުއްވާނީ ތިރީގައި ބަޔާންކުރެވިފައިވާ އެޑްރެހަށެވެ :

ސަމާލުކަމަށް: ޕްރޮކިއުމަންޓް އޮފިސަރ/ ޢަބްދުﷲ ޖަލީލް، ސީނިއަރ ފައިނޭންސް އޮފިސަރ

އެޑްރެސް: ފެލިދެ އަތޮޅު ފުލިދޫ ކައުންސިލް/ގްރައުންޑް ފްލޯރ/ސޯސަންމަގު

އަތޮޅާއި ރަށް: ވ.ފުލިދޫ

ޒިޕް ކޯޑް:10010

ޤައުމު: ދިވެހިރާއްޖެ

ފޯނު ނަމްބަރު:9606706529+

އީމެއިލް: [email protected]

 

 

  1. ޝައުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކަށް ބީލަން ފޮތް ދޫކުރުން:

 

  • ބީލަން ފޮތަށް އެދި އެއްބަސްވުމުގެ ނަން ނުވަތަ ބީލަމުގެ ނަން އެނގޭނޭގޮތަށް މަތީގައިވާ އެޑްރެހަށް ލިޔުމުން (ސިޓީ ނުވަތަ އީމެއިލްގެ ޒަރިއްޔާއިން) ހުށަހަޅަން ވާނެއެވެ.
  • ބީލަން ފޮތުގެ ދެލި ކޮޕީއެއް ދޫކުރެވޭނީ 200ރ (ދުއިސައްތަ ރުފިޔާގެ) ފީއެއް ކައުންސިލަށް ދެއްކުމުންނެވެ. ފީ ދެއްކި ކަމުގައި ބެލެވޭނީ، ފީ ކައުންސިލުގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު ޖަމާކުރިކަމުގެ ސްލިޕް ކައުންސިލަށް ހުށަހެޅުމުން ނުވަތަ ކައުންސިލުގެ ރަސްމީ އިލެކްޓްރޯނިކް މެއިލްގެ ޒަރީޢާއިން  ފޮނުވުމުންނެވެ. އަދި މި ގޮތުން ދައްކާ ފީ ކައުންސިލުން އަނބުރާ ރައްދުކޮށެއް ނުދޭނެއެވެ.
  • ބީލަން ފޮތް އިލެކްޓްރޯނިކް މެއިލްގެ ޒަރިއްޔާއިން ފޮނުވާނަމަ އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
  • ބީލަން ފޮތް، އީމެއިލްގެ ޒަރީއާއިން ނުވަތަ ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން ލިބިލައްވާނެއެވެ. 

 

 

  1. ބީލަންތައް ހުށަހެޅުން:

 

  • ބީލަންތައް ހުށަހަޅާނީ މަތީގައިވާ(4.) އެޑްރެހަށެވެ.
  • ބީލަންތައް ހުށަހެޅުމުގެ އެންމެ ފަހުގެ ސުންގަޑި އަކީ "05 މާރިޗް 2023 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އެވެ".

ބީލަމުގެ ސުންގަނޑި ހަމަވުމުން، ބީލަން ހުޅުވާ ޖަލްސާގައި ބައިވެރިވުމަށް ޚިޔާރުކުރާ ބީލަންވެރީންގެ މަންދޫބުންގެ ހާޟިރުގައި، ވަގުތުން ބީލަންތައް ހުޅުވޭނެއެވެ.

 

  1. ބީލަން ހުށަހަޅާއިރު ބިޑް ސެކިއުރިޓީއެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

  1. ބީލަންވެރީން،ބީލަންތައް ތައްޔާރުކުރުމާއި، ބީލަން ހުށެހެޅުމަށް ކުރާ އެއްވެސް ޚަރަދަކާއި ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުން ޒިންމާއެއް ނުވާނެއެވެ.
21 ފެބުރުވަރީ 2023