ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)296/296/2023/14
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 24 އޭޕްރިލް 2023 00:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދޭނެ އުސޫލް

ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދޭނެ އުސޫލް  

  ދިރިއުޅުމަށް ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް މިރަށުން ގޯތި ދޫކުރުމަށް ކުރެވުނު އިޢުލާން

(IUL)296/296/2023/11  ނަންބަރ އާއި ހަވާލާދީ ދަންނަވަމެވެ.

ދިރިއުޅުމަށް ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް މިރަށުން ގޯތި ދޫކުރުމަށް ހުށައަޅާ ފަރާތްތަކަށް ޕޮއިންޓް ދޭނެ ގޮތުގެ އުސޫލު :

1. ދިވެހި ރައްޔިތަކަށް ވުން.

2. ޢުމުރުން 18އަހަރު ވެފައިވާ މީހެއް ކަމުގައިވުން.

3. ރާއްޖޭގެ އެއްވެސް ރަށަކަނުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައިނެތުން.

4. ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހި ކަމުގެ މަޝްރޫޢަކުން ބޯހިޔާވަހި ކަމެއް ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން.

5. ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ބަހައިގެން 600އަކަފޫޓަށް ވުރެ ބޮޑުބައެއް ލިބެން/ ލިބިފައި ނެތުން.  އަދި 600 އަކަ ފޫޓަށް ވުރެ ކުޑަބައެއް ލިބެން / ލިބިފައި އޮތްނަމަ މިއުޞޫލުގެ 4.2ގައި ވާ ގޮތުގެމަތީން ދޫކޮށްލަން އެއްބަސްވުން.

6. ރާއްޖޭގެ އެއްވެސް ރަށެއްގައި ޢިމާރާތްކޮށްފައިވާ ފުލެޓް ރޯހައުސް ހައުސިންގ ޔުނިޓް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ފަދަ ބޯހިޔާވަހި ކަމެއް ގަނެ ވިއްކުމުގެ އެއްބަސްވުމުގައި އެއްވެސް ފަރާތަކުން ސޮއިކޮށްފައި ނެތުން.

7. ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަގޯއްޗެއް ނަމުގައި އޮވެ އެގޯތި އެހެން ފަރާތަކަށް ދީ ދޫކޮށްލަން ނުވަތަ ވިއްކާލާފައިތާ 5އަހަރު ދުވަހަށް ވުރެ ގިނަ ދުވސް ވެފައިވުން.

8. އެމީހެއްގެ އަމިއްލަ ނަމުގައި އޮތް ފްލެޓް ރޯހައުސް ހައުސިންގ ޔުނިޓް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއްފަދަ ބޯހިޔާވަހި ކަމެއް އެހެން ފަރާތަކަށް ދޫކޮށްނުވަތަ ވިއްކާލާފައިވާތާ 5އަހަރު ދުވަހަށް ވުރެ ގިނަދުވަސްވެފައި ވުން.

9. ފޮއްދޫ ރަޖިސްޓްރީގައިވާ ފޮއްދޫގެ ރައްޔިތެއް ކަމުގައިވުން.

 

2.ގޯތި ލިބޭނެ ފަރާތް ކަނޑައެޅުމަށްޓަކައި ޕޮއިންޓް ދެވެނެ ބައިތައް

ޕޮއިންޓް ދޭނެ ބައިތައް

އެންމެ ގިނަވެގެން ޕޮއިންޓް ލިބޭނެ މިންވަރު

އުމުރުބައި

20

ކާވެނީގެ ބައި

25

ދަރިން ބައި

20

މައިން ބަފައިންނާއި ދަރިން ފިޔަވައި ޝަރުއީގޮތުން ނުވަތަ ޤާނޫނީ ގޮތުން ބެލެހެއްޓުން ޙަވާލުވެގެން ބަލަހައްޓަމުންގެންދާ މީހުންގެ ބައި

5

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ބައި

10

ރަށްވެހިންގެ ބައި

20

ޖުމުލަ

100

 

ނަންބަރ

ޕޮއިންޓް ދެވޭނެ ބައިތައް

ޕޮއިންޓްގެ ޖުމުލަ

2.1

ޢުމުރުގެ ބައި

 

 

(ހ) ޢުމުރުން 18 އަހަރު މަތިނަމަ

10

 

(ށ) 10 ޕޮއންޓްގެ އިތުރުން އުމުރުން 18އަހަރުން މަތިވާ ކޮންމެ އަހަރަކަށް 0.50 ޕޮއިންޓް

ގިނަވެގެން މިބަޔަށް ލިބޭނީ ( 20 ޕޮއިންޓެވެ)

 

 

ނަންބަރ

ޕޮއިންޓް ދެވޭނެ ބައިތައް

ޕޮއިންޓްގެ ޖުމުލަ

2.2

ކާވެނީގެ ބައި

 

(ހ)

ގޯއްޗަށް އެދޭ ފަރާތަކީ ކާވެނިކޮށްގެން ހުރި ފަރާތެއް ނަމަ، ( 1 ކަށް ވުރެ ގިނަ މީހުންނާ އިނދެގެން ހުރި ކަމުގައި ވިޔަސް ލިބޭނީ ގިނަވެގެން 25 ޕޮއިންޓެވެ)

25

(ށ)

އެއްވެސް ގޮތަކުން ކާވެނި ރޫޅިފައިވީ ނަމަވެސް ނުވަތަ ފިރި ނުވަތަ އަނބި ނިޔާވެފައި ވާނަމަ

 

10

(ނ)

އެއްވެސް އެއްގޮތަކުން ކާވެނި ރޫޅިފައި ނުވަތަ އަނބި/ ފިރި މަރުވެފައިވާ 18 އަހަރުން ދަށުގެ ކުޑަކުދިން ބަލަމުން ދާނަމަ، ( އެއްކުއްޖަކަށް ވުރެ ގިނައިން ތިބި ނަމަވެސް ލިބޭނީ 10ޕޮއިންޓެވެ)

10

 

ނޯޓް: މިނަންބަރގެ ހގައިވާ 25 ޕޮއިންޓް ލިބިއްޖެނަމަ، މިނަންބަރގެ އެހެން އަކުރު ތަކުގައިވާ ޕޮއިންޓެއް ނުލިބޭނެއެވެ. މިބަޔަށް ގިނަވެގެން ލިބޭނީ 25 ޕޮއިންޓެވެ.

  • ހ އަށް ޕޮއިންޓް ލިބޭނީ ގޯއްޗަށް އެދި ފޮއްދޫ ކައުންސިލަށް ފޯމް ހުށައަޅާ އިރު ކާވެނި ކޮށްފައިވާ އަދި ފޯމް އެކު ކާވެނި ސެޓްފިކެޓް ހުށައަޅާފައި ވާނަމައެވެ.
  • ށ،ނ ގައިވާ ޕޮއިންޓް ލިބޭނީ ވަރީގެ ސެޓިފިކެޓް ނުވަތަ ފިރި ނުވަތަ އަނބި ނިޔާވެފައި ވާތީ ކާވެނި ރޫޅާލަފައިވާ ކަމުގެ ލިޔުން އަދި ކުދިންގެ އައިޑީ ކާޑު ކޮޕީ އާއި ކުދިން ބަލަމުން ދާކަން އެގޭ ފަދަ ރަސްމީ ލިޔުމެއް އޮތްނަމައެވެ.

 

 

ނަންބަރ

ޕޮއިންޓް ދެވޭނެ ބައިތައް

ޕޮއިންޓްގެ ޖުމުލަ

2.3

ދަރިންގެ ބައި

 

ހ

18އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ ކުއްޖަކަށް

5

ށ

18އަހަރުން މަތީގެ ފޮއްދޫގެ ރަޖިސްޓްރީގައިވާ ބޯހިޔާ ވަހިކަމެއް ނެތް

1

ނ

ފޮއްދޫގައި ގައި ރަށްވެހިންގެ ރަޖިސްޓްރީގައި ހިމެނޭ 18އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް

2

 

މިބަޔަށް ގިނަވެގެން ލިބޭނީ 20ޕޮއިންޓެވެ.

 

 

 

 

ނަންބަރ

ޕޮއިންޓް ދެވޭނެ ބައިތައް

ޕޮއިންޓްގެ ޖުމުލަ

2.4

މައިން ބަފައިންނާއި ދަރިން ފިޔަވައި ޝަރުއީގޮތުން ނުވަތަ ޤާނޫނީ ގޮތުން ބެލެހެއްޓުން ޙަވާލުވެގެން ބަލަހައްޓަމުންގެންދާ މީހުންގެ ބައި

 

ހ

މައިން ބަފައިންނާއި ދަރިން ފިޔަވައި ޝަރުޢީގޮތުން ނުވަތަ ޤާނޫނީ ގޮތުންބެލުން ޙަވާލުވެގެން މީހަކު ބަލަމުން ދާނަމަ (ގިނަވެގެން ލިބޭނީ 5 ޕޮއިންޓް)

 

5

ނޯޓު:

2.4 (ހ)، ގައި ބުނާ ޕޮއިންޓް ލިބޭނީ ޝަރުޢީގޮތުން ބަލަދުވެރިކަން ހަވާލުވެގެން ބަލަހަށްޓާ ފަރާތެއްކަން ބަޔާންކޮށްފައިވާ ދައުލަތުގެ މުވަށްސަސާއަކުން ދޫކޮށްފައިވާ އެކަން އަންގައިދޭ ޝަރުޢީ ލިޔުމެއް ފޯމާއިއެކު ހުށައަޅާފައިވާނަމައެވެ.  ( މިބަޔަށް ޕޮއިންޓް ލިބޭނީ އެފަދަ ފަރާތަކީ އެމީހެއްގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ފުލެޓެއް /ރޯހައުސް އެއް ނެތް ފަރާތެއްނަމައެވެ.  )

 

 

 

ނަންބަރ

ޕޮއިންޓް ދެވޭނެ ބައިތައް

ޕޮއިންޓްގެ ޖުމުލަ

2.5

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ބައި

 

ހ

ގޯއްޗަށް އެދިފައިވާ ފަރާތަކީ އެންސްޕާގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި ހިމެނޭ ފަރާތެއް ނަމަ

6

ށ

އެންސްޕާގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި ހިމެނޭ 18 އަހަރުން ދަށުގެ ފަރާތެއް ބަލަމުން ދާނަމަ ކޮންމެ ކުއްޖަކަށް (ގިނަވެގެން 8 ޕޮއިންޓް)

2

 

މިބަޔަށް ގިނަވެގެން ލިބޭނީ 10 ޕޮއިންޓެވެ.

 

 

ނޯޓު:

2.5 ގެ (ހ) އަދި (ށ) ގައި ބުނާ ޕޮއިންޓް ލިބޭނީ އެންސަޕާގެ ޙާއްސައެހީއަށް ބޭނުންވާމީހެއްގެ އަންގައިދޭ ކާޑް ފޯމާއެކު ހުށައަޅާފައިވާނަމއެވެ. (މިބަޔަށް ޕޮއިންޓް ލިބޭނީ އެފަދަ ފަރާތަކީ އެމީހެއްގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ފުލެޓެއް /ރޯހައުސް އެއް ނެތް ފަރާތެއްނަމައެވެ. )

 

 

ނަންބަރ

ޕޮއިންޓް ދެވޭނެ ބައިތައް

ޕޮއިންޓްގެ ޖުމުލަ

2.6

ރަށްވެހިންގެ ބައި

 

ހ

އުފަންވީއް ސުރެ ފޮއްދޫގެ ރަޖިސްޓްރީ ވެފައިވާ ފަރާތެއްނަމަ،

15

ށ

ފޮއްދޫގެ ރަޖިސްޓްރީ ވެފައިވާތާ 10 އަހަރު ވެފައިވާނަމަ،

10

 

ފޮއްދޫގައި ރަޖިސްޓްރީ ވިތާ 5އަހަރު ފުރި 10 ނުވާނަމަ

5

 

އުފަންވީއްސުރެ ފޮއްދޫގައި ރަޖިސްޓްރީ ވެފައިވާ އަދި ގޯއްޗަށް އެދޭ ފައިވާ ފަރާތް ރަށުން ބޭރުގައި ދިރިއުޅުމަށްފަހު ފޮއްދޫގައ ދިރިއުޅޭތާ 1އަހަރުވެފައިވާ ނަމަ އަހަރަކަށް (ގިނަވެގެން ދެވޭނީ 5ޕޮއިންޓް)

1

 

މިބަޔަށް ގިނަވެގެން ލިބޭނީ 20ޕޮއިންޓް

 

       ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

              01 ޝައުބާން 1444

              21 ފެބްރުއަރީ 2023

21 ފެބުރުވަރީ 2023