ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީ މަސްޖިދުލް ނޫރުގައި ކުރަން ހުރި ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ބިޑްގައި ރަޖިސްޓަރ ވުމަށް: |
ތަފްސީލް |
ތާރީޚް |
ގަޑި |
ޕްރީ ބިޑް މީޓިންގ (މައުލޫމާތު ސެޝަން) |
26 ފެބްރުއަރީ 2023 (އާދީއްތަ) |
10:15 |
ރަޖިސްޓަރ ވުމުގެ ސުންގަޑި |
02 މާރޗް 2023 (ބުރާސްފަތި) |
10:15 |
އަންދާސީ ހިސާބު ހުށަހެޅުން |
05 މާރޗް 2023 (އާދީއްތަ) |
10:15 |
ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި |
||
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177 ނުވަތަ 6527166 އަށެވެ. |
މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procure އިން 21 ފެބްރުއަރީ 2023 (އަންގާރަ) އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.