ނީލަން
ނަންބަރު: (IUL)30/30/2023/49
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:06
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހދ. ހަނިމާދޫގައި ހިންގަމުންދާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުން.

މި މިނިސްޓްރީގެ ދަށުން ހދ. ހަނިމާދޫގައި ހިންގަމުންދާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެގެން ކުރި ނަންބަރު: (IUL)30-A2/30/2023/43 (14 ފެބްރުއަރީ 2023) އިޢުލާނާ ގުޅިގެން ކުރިއަށް ގެންދެވުނު ނީލަން ކިއުމުގައި، ނީލަން ކިޔަމަށް ލިސްޓްކޮށްފައިވާ ތަކެތީގެ ތެރެއިން ނީލަމުގައި ބައިވެރިވެލެއްވި އެއްވެސް ފަރާތުން ތަކެތި ބައްލަވައި ގަތުމަށް ޝައުޤުވެރިކަން ފައުޅު ކުރައްވާފައި ނުވާ ތަކެތި އަލުން ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގެ ތަފްޞީލު ތިރީގައި މިވަނީއެވެ.

 ނީލަން ކިޔަން ހަމަޖެހިފައިވާތަން :  ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ

  1. ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި:  05 މާރިޗު 2023 ވާ އާދީއްތަ ހެނދުނު 10:00 ގައި
  2. ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު:  ދުވަހު ނީލަމުގައި
  3. މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 3339205، 3339285، 6520076

މި އިޢުލާނާ އެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތު (އަގާއެކު) އެއް ހީރަސް ކުރެވިފައި އެވަނީއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

ވީމާ މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 05 މާރިޗު 2023 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ނީލަމުގައި ބައިވެރިވެވަޑައި ގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަން އަންގައި އިޢުލާންކުރީމެވެ. 

21 ފެބުރުވަރީ 2023