ކޮންޓްރެކްޓް އުސޫލުން ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ
|
މުއްދަތު
|
1 އަހަރު
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޖީ. އެސް 4
އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/5020 ރ ، ސަރވިސް އެލަވަންސް: -/1500 ރ
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / އެންވަޔަރަންމަންޓް ޑިޕާޓްމަންޓް
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން ހިންގާ ޕްރޮޖެކްޓުތައް އިމްޕްލިމެންޓް ކުރުމަށް ކުރަންޖެހޭ ތިރީގައިމިވާ މަސައްކަތްތައް ކުރުން
- އެވެއަރނަސް ވަރކްޝޮޕްތަކާއި ސެމިނަރތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
- ވަރކްޝޮޕް ސެމިނަރތަކުގެ ރިޕޯޓް ތައްޔާރުކުރުން.
- އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް އެތެރެކުރުމަށް ބޭނުންވާ ހުއްދަ ފޯމު ތައްޔާރުކޮށް ރެޖިސްޓަރީ ބެލެހެއްޓުން.
- ޕްރޮޖެކްޓުތަކުން ކުރެވޭ ޚަރަދުތަކާ ގުޅޭ އެންމެހާ ލިޔެކިޔުންތައް އަޕްޑޭޓުކޮށް ބެލެހެއްޓުން.
- އޯ.ޑީ.އެސް. ޑޭޓާބޭސް އަޕްޑޭޓުކޮށް ބެލެހެއްޓުން
- ޕްރޮޖެޖްޓާ ގުޅޭ އެންމެހާ ލިޔެކުޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- އޯޒޯން ޔުނިޓުން ހިންގާ އެންމެހާ ކަންތައްތަކާ ގުޅިގެން ބޭރުން އަންނަ ފަރާތްތަކުގެ ލޮޖިސްޓިކްސް ބެލެހެއްޓުން. (ކަމާބެހޭ ދާއިރާތަކުގެ ބޭފުޅުންނާ ބައްދަލުވުންތަކާއި ކޮންސަލްޓަންޓުގެ އެކަމޮޑޭޝަން ފަދަ ކަންކަން ހަމަޖެއްސުން)
- އެވެއަރނަސް މެޓީރިއަލްސް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
- ތިމާވެށްޓާ ގުޅުންހުރި ދުވަސްތައް ފާހަގަކުރުމުގައި އެހީތެރިވުން
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018330 ، 3018329، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- އެވެއަރނަސް ވަރކްޝޮޕް ސެމިނަރތައް ތައްޔާރު ކުރުމުގެ ޤާބިލުކަން ހުރި މިންވަރު.
- ޑޭޓާބޭސް މެއިންޓެއިންސް އިންފޮރމޭޝަން ސިސްޓަމް އަޕްޑޭޓް ކުރުން ފަދަ މަސައްކަތުގެ ތަޖުރިބާ ހުރި މިންވަރު.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
- ސުންގަޑި: 31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
- އިންޓަވިއު، ޕްރެކްޓިކަލް އާއި އިމްތިޙާން ކުރުން 31 ޑިސެންބަރު 2014 އާއި 29 ޖަނަވަރީ 2015 ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
29 ޞަފަރު 1436
|