ވަޒީފާގެ ފުރުޞަތު
ނަންބަރު: MGGA-GTL/2023/002
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 09:18
ސުންގަޑި:
27 ފެބުރުވަރީ 2023 14:00
މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ގާރލްގައިޑްސް އެސޯސިއޭޝަން
ހ. ކްރެސެންޓް މޫން
މާލެ
ދިވެހިރާއްޖެ
ތާރީޙް: 20 ފެބްރުއަރީ 2023 ނަންބަރު: MGGA-GTL/2023/002
މުވައްޒަފުން ބޭނުންވާ މަޤާމްތައް
|
މަޤާމުގެ ނަން: ފައިނޭންސް އެންޑް އެޑްމިން އޮފިސަރ
އޮފީސް: މޯލްޑިވްސް ގާރލްގައިޑްސް އެސޯސިއޭޝަން
މުސާރަ: -/6،500 ސަރވިސް އެލަވަންސް: -/1500
އަދަދު: 01 (އެކެއް) ވަޒީފާއަދާކުރަންޖެހޭ ސެކްޝަން: ފައިނޭންސް އެންޑް އެޑްމިން
ވަޒީފާއަދާކުރަންޖެހޭ ތަން: މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭ ޝަން / ކ. މާލެ
މަޤާމުގެ ޝަރުތު:
- ފައިނޭންސް / މެނޭޖްމަންޓް ނުވަތަ މިއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޓިވް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
|
އެހެނިހެން އިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- އެސޯސިއޭޝަންގެ ޕެޓީކޭޝް ފައިސާ މާލިއްޔަތުގެ ޤަވާޢިދުގައި ވާ ގޮތުގެ މަތިން ބެލެހެއްޓުން
- އެސޯސިއޭޝަން އަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައްކޮށް އެކަންބަލަހައްޓާ ރިޕޯޓްކުރުން.
- އެސޯސިއޭޝަންއިން ހިންގާ ހަރަކާތްތަކުގެ ފައިސާގެ ކަންކަން ބެލެހެއެޓުން.
- އެމުވައްޒަފެއް ކުރާ މަސައްކަތަކާ ގުޅުންހުރި އެންމެހަ ލިޔެ ކިޔުންތައް ފައިލްކޮށް ބެލެހެއްޓުން
- ސިޓީ/ މެމޯ ޑްރާފްކުރުމާއި ފޮނުވުން
- ކްރެޑިޓްގެ ގޮތުގައި ދޫކުރެވޭ ފަރާތްތަކަށް ކްރެޑިޓްގެ ޚިދުމަތްދޭ ލިޔެކިޔުންތަކަށް ބިލް ހެދުން.
- އެކި ސްކޫލްތަކުން ފޮނުވާ ސިޓީ ތަކަށް ޖަވާބުދިނުން
- މުވައްޒަފުންގެ މުސާރަދިނުމަށް ބޭނުންވާ ޙާޟިރީ ރިޕޯޓާއި އިތުރުގަޑީގެ ރިޕޯޓް އަދި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމާއެކު މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ޤަވާޢިދުން ދެމުން ގެންދިއުމާއި، ޤަވާއިދުން އެކަންތައްތަކާއި ބެހޭ ރެކޯޑްތައް ބެލެހެއްޓުން.
- އެސޯސިއޭޝަނުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އެސޯސިއޭޝަންގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލް ކަމާއި ސިފަތައް.
- މަސައްކަތައް ހުރި ޝައުގުވެރިކަން
- ޤާބިލުކަން ބެލުމަށް އިންޓަރވިއު ކުރުން
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ސުންގަޑި:
|
މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 27 ފެބްރުއަރީ ވާ ހޯމަ ދުވަހުގެ މެންދުރު 14.00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި މި އެސޯސިއޭޝަންގެ މެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
|
ނޯޓް:
- މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަން ގައެވެ
- އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.
- އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 3317932 ނަމްބަރާ ގުޅުއްވުން އެދެމެވެ.
|