މަސައްކަތް
ނަންބަރު: (IUL)368-AS/368/2023/9
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 23 ފެބުރުވަރީ 2023 12:00
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ރަށު މަސްޖިދުލް ސަލާމްގައާއި މަސްޖިދުލް ޢިއްޒުއްދީނުން ބައެއްގައި ކުލަލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

                        މި އިދާރާގެ ނަންބަރު (IUL)368-AS/368/2023/7 އިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުމަށް އެއްވެސް ފަރާތަކުން ރަޖިސްޓްރީ ކޮށްފައިނުވާތީވެ، މި އިދާރާއިން ކުލަ ފޯރުކޮށްދިނުމުން، މި ރަށު މަސްޖިދުލް ސަލާމްގައާއި މަސްޖިދުލް ޢިއްޒުއްދީނުން ބައެއްގައި ކުލަލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އަލުން ބޭނުންވެއެވެ.

                      ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތައް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

2023 ފެބްރުއަރީ 23 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާގެ ފޯން 6720031 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރައްވައި ނުވަތަ shorturl.at/eimqQ މެދުވެރިކޮށް ރަޖިސްޓްރީ ކުރުން

ފޯން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވާނަމަ ތިރީގައިވާ މައުލޫމާތު ހިމެނުއްވަން ވާނެއެވެ.

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ރަޖިސްޓްރީ ކުރާ ނަން (އަމިއްލަ ފަރުދެއް/ފަރުދުންގެ ވިޔަފާރި/ ޕާޓްނާޝިޕް/ ކުންފުނި/ ކޯޕަރޭޓިވް ސޮސައިޓީ)

-     އައިޑީ ކާޑު ނަންބަރު/ރަޖިސްޓްރީ ނަމްބަރު

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

ޕްރީބިޑް މީޓިންގް

2023 ފެބްރުއަރީ 26 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި

(ޕްރީބިޑް މީޓިން އަށް ހާޒިރުނުވާ ފަރާތްތަކަށްވެސް، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާނަމަ، ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.)

އަންދާސީ ހިސާބު ހުށަހެޅުން

2023 ފެބްރުއަރީ 28 ވާ އަންގާރަ ދުވަހުގެ 11:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި

(ބީލަން ހުށައެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.)

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބުހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.

20 ފެބުރުވަރީ 2023