ދިވެހިރާއްޖެ
މިރަށުން އަލަށް ދޫކުރެވުނު 150 ގޯތީގެ ތެރެއިން ރަށާއި އިންވެގެން މިހާތަނަށް ދޫކުރެވުނު 20 ގޯއްޗަށް އަރާ ރުއްގަހުގެ ވެރިނަށް ބަދަލް ފައިސާ ދިނުމަށްޓަކައި ވެރިން ހޯދަން ބޭނުންވެއެވެ.
ވީމާ، މި ރުއްގަސްތަކުގެ ވެރިޔަކުވާނަމަ އެއީ ކޮންފަރާތެއްގެ ރުކެއްކަން ނުވަތަ ގަހެއްކަން އެނގޭގޮތަށް އެ މަޢުލޫމާތު 28 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން ލިޔުމުން ނުވަތަ އިދާރާއަށް ދުރުވެ މަޢުލޫމާތު ދެއްވުންއެދެމެވެ. މި މުއްދަތުގައި ވެރިފަރާތުގެ މަޢުލޫމާތު ނުލިބިއްޖެނަމަ ވެރިޔަކުނެތް ކަމަށް ބަލައި، އެ ގޯތިތަކުގެ ރަޖިސްޓްރީތައް ހެއްދުމުގެ ކަންތައްކުރިޔަށް ގެންދެވޭނެއެވެ.
ގޯތިތައް ދޫކުރެވުނު ސަރަޙައްދުތައް ތިރީގައި މިވަނީއެވެ.
އަލަށް ދޫކުރެވުނު ގޯތިތަކުގެ ނަންބަރު |
ރުއްތައް ހުރި ސަރަޙައްދު |
14،13،12،11 (4 ގޯތި) |
ނީލް ގޯއްޗާއި ނޫވިލް ގޯތީގެ ދެމެދުން ދެކުނުން |
17،16،15، (3 ގޯތި) |
ގަހަނާ ގޯއްޗާއި އުއްމީދު ގޯތީގެ ދެމެދުން ދެކުނުން |
20،19،18 (3 ގޯތި) |
އީޒީނައިޓް،ކެރީބިއަން،ޑްރީމް ބީޗް 3 ގޯތީގެ ދެކުނުން |
25،24،23،22،21 (5 ގޯތި) |
އަނބުމާގެއާއި ޝިހާމާމަންޒިލް ގެއާއި، ދެމެދުން އިރުމަތިފަރާތުގައި |
30،29،28،27،26 (5 ގޯތި) |
އަލިތަރިގެއާއި ގަސްކަރަ ގެއާއި، ދެމެދުން އިރުމަތިފަރާތުގައި |
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.