ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2023/24
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 21:13
ސުންގަޑި: 19 އޭޕްރިލް 2023 22:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ކ. ހިންމަފުށިން ބަންޑާރަގޯތި ދޫކުރުން

އިޢުލާން

ދިރިއުޅުމަށްޓަކައި ކ. ހިންމަފުށިން ބަންޑާރަ ގޯތި ދޫކުރުން

               މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން 16 ފެބްރުއަރީ 2023  ގައި، ހިންމަފުށީން ގޯތިދޫކުރުމަށް ދީފައިވާ ހުއްދައާއި އެއްގޮތަށް ގޯތިދޫކުރުމަށް،  20 ފެބްރުއަރީ 2023  ވަނަ ދުވަހު ބޭއްވި ކައުންސިލްގެ 2023 ވަނަ އަހަރުގެ 10 ވަނަ ޢާއްމު ޖަލްސާއިން ފާސްކޮށްފައިވާ އުޞޫލާއި އެއްގޮތަށް އަދި މިބުރުގައި ގޯތިދޫކުރުމަށް، ރަށުގެ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުން ދޫކުރާ 1600 އަކަފޫޓުގެ 288 ގޯއްޗަށް އެދި ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުޞަތު، އެންމެހާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ. މި އިޢުލާނާއި ގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.

ފޯމް ދޫކުރުން

               ފޯމްދޫކުރާނީ 26 ފެބްރުއަރީ 2023 ވަނަ ދުވަހުން ފެށިން 19 އޭޕްރީލް 2023  ވަނަ ދުވަހުގެ ނިޔަލަށް ރަސްމީދުވަސްތަކުގައި އޮފީސް ހުޅުވިފައި ހުންނަ ވަގުތުތަކުގައި ކައުންސިލްގެ އިދާރާއިން، މިމުއްދަތުގައި ފޯމް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި ސަރުކާރުގެ ގެޒެޓުންވެސް ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

ފޯމް ބަލައިގަތުން

            ފޯމް ބަލައިގަތުން އޮންނާނީ 06 މާރޗް 2023 ވަނަ ދުވަހުން ފެށިން 19 އޭޕްރިލް 2023 ވަނަ ދުވަހުގެ 22:00 ށް

            ފޯމް ބަލައިގަންނާނީ މިތާރީހުން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 10:00 ން 13:00 ށް އަދި ރޭގަނޑު 21:00 ން 22:00 ށް

މި އިޢުލާނާއެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

  • ހިންމަފުށީން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް
  • ގޯއްޗަށް އެދި ހުށަހަޅާ ފޯމް
  • ގޯތިދޫކުރާ ސަރަހައްދު ދައްކުވައިދޭ ރަށުގެ ޗާޓް  
20 ފެބުރުވަރީ 2023