މަސައްކަތް
ނަންބަރު: A/IUL/344/2023/28
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 18:35
ސުންގަޑި: 09 މާރިޗު 2023 10:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ ފެރިދޫގައި ވޮލީކޯޓެއް އެޅުމުގެ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

                                                          އިޢުލާން

               އަރިއަތޮޅު އުތުރުބުރީ ފެރިދޫގައި ވޮލީކޯޓެއް އެޅުމުގެ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

              މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2023 ފެބުރުއަރީ 21 ވާ އަންގާރަ ދުވަހުން ފެށިގެން 2023 މާރޗް 02 ވާ ބުރާސްފަތި ދުވަހުގެ  މެންދުރުފަހު 13:30 ގެ  ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓާއި، އަމިއްލަ ފަރުދަކު ނަމަ އައި.ޑީ ކާޑު ކޮޕީ، ކުންފުންޏަކުންނަމަ ރަޖިސްޓްރީގެ ކޮޕީ، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. ސައިޓް ވިޒިޓިންގ އޮންނާނީ 2023 މާރޗް 05 ވާ އާދީއްތަ ދުވަހުގެ 9:30 ގައި އއ.ފެރިދޫ ސްޕޯޓްސް އެރީނާ ސަރަހައްދުގައެވެެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 މާރޗުް 09 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

              މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2023 މާރޗް 02 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

20 ފެބުރުވަރީ 2023