ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2023/22
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 17:17
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުން
އިޢުލާން
ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުން
ޤާނޫނު ނަންބަރު: 21/2021 (ގޯތި ގެދޮރު ކުއްޔަށް ދިނުމާއި ބެހޭ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ގެޒެޓްކޮށްފައިވާ ނަމްބަރ: 2022/R-23 ޢާއްމު ޤަވާޢިދުގައިވާ ގޮތުގެމަތީން، މިރަށުން ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމަށް މިކައުންސިލްގައި ރަޖިސްޓްރީކޮށް ހުއްދަ ހޯދަންޖެހެއެވެ.
ވީމާ، ގޯތިގެދޮރު ކުއްޔަށްދިނުމަށް ބޭނުންވާ ފަރާތްތަކުން، އެކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން މިއިދާރާއަށް ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. މިފޯމް މިއިދާރާގެ ކައުންޓަރުން އަދި ގެޒެޓް ލިންކުން ވެސް ލިބިލައްވާނެ ކަމުގައި ދަންނަވަމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
15 ފެބުރުވަރީ 2023