ވަޒީފާގެ ފުރުޞަތު
ނަންބަރު: POLWEC(IUL)/2023/02
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 16:56
ސުންގަޑި: 26 ފެބުރުވަރީ 2023 14:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

އަސާސީ މުސާރަ: -/3,100ރ (ތިންހާސް އެއްސަތޭކަ ރުފިޔާ)

އެލަވަންސް؛

ސަރވިސް އެލަވަންސް: އަސާސީ މުސާރައިގެ %80 (-/2,480 ރުފިޔާ)

އިތުރުގަޑި އެލަވަންސް: އަސާސީ މުސާރައިގެ %60 (-/1,860 ރުފިޔާ) 

ފުޑް އެލަވަންސް: -/1500ރ (ފަނަރަ ސަތޭކަ ރުފިޔާ)

އޮފީސް: ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕވޓ. ލޓޑ. / އިސްކަންދަރު ކޮށި 01، މާލެ

މަސައްކަތް ކުރަންޖެހޭތަން: ނޫސަންދަ ކްލިނިކް / ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕވޓ. ލޓޑ.، މާލެ

މަޤާމުގެ ޝަރުތު:

ޖީ.ސީ،އީ އޭލެވެލް 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ،

- ޖީ.ސީ،އީ އޯލެވެލް 4 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

- ސެކަންޑަރީ ސްކޫލް އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

- މައިކްރޯސޮފްޓް އޮފީސް ބޭނުން ކުރަން އެނގުން.

އިތުރު މަޢުލޫމާތު:  މިމަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2023 ފެބުރުވަރީ 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕވޓ. ލޓޑ. އަށް އެޑްރެސްކޮށް ވަޒީފާއަށް އެދޭ ކަމުގެ ސިޓީ، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯ ކޮޕީ، ސީވީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕވޓ. ލޓޑ. / އިސްކަންދަރު ކޮށި 01،  އަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

# އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345053 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

20 ފެބުރުވަރީ 2023