ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ކުޑަކުދިންގެ ހިޔާގެ ކުދިންބަލަހައްޓާ މީހުން ހޯދުމަށް ކުރި ނަންބަރު: :(IUL)459-HRM/1/2014/1024 (02 ޑިސެންބަރު 2014) އިޢުލާނުގެ ކޮންޓްރެކްޓުގެ މަޤާމާއި ދާއިމީ މަޤާމުގެ އަދަދު ބަދަލުވެފައިވާތީ އާއި 07 ޑިސެންބަރު އިން ފެށިގެން 11 ޑިސެންބަރަކީ ސަރުކާރު ބަންދު ދުވަސްތަކަކަށް ވެފައިވާތީވެ، 18 ޑިސެންބަރު 2014 ވަނަ ދުވަހުން ފެށިގެން އެ އިޢުލާން ބާޠިލުކޮށްފައިވާ ވާހަކަ ދެންނެވީމެވެ. ވީމާ، އެ މަޤާމުތަކަށް މީހުން ހޯދުމުގެ ފުރުޞަތު އަލުން ހުޅުވާލީމެވެ.
އޮފީސް |
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ކުޑަކުދިންގެ ހިޔާ، ވިލިމާލެ) |
||
މަގާމު |
ޗައިލްޑް ކެއަރ ސްޕަވައިޒަރ |
||
ބޭނުންވާ އަދަދު |
01 |
މަޤާމުގެ ކްލެސިފިކޭޝަން: އ. ޓެކްނިކަލް އޮފިސަރ ގްރޭޑް1 |
ރޭންކް:GS3 |
މުސާރަ |
މަހަކު -/4465 |
||
ސަރވިސް އެލަވަންސް |
މަހަކު -/1500 |
||
މަސައްކަތް ކުރަންޖެހޭތަން |
ކުޑަކުދިންގެ ހިޔާ ، ވިލިމާލެ |
||
ތަޢުލީމާއި ތަޖުރިބާ |
1. ސޯޝަލް ސައިންސް/ކައުންސެލިން/ޗައިލްޑްކެއަރ ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
1. ކުޑަކުދިންގެ ހިޔާގައި ކުދިން ބެލެހެއްޓުމަށް ތިބޭ ކެއަރ ވާކަރުންގެ މަސައްކަތްތައް ބަލައި ސުޕަވައިޒް ކުރުން 2. ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ބެލެހެއްޓުމާއި، އެ މަސައްކަތް ކުރާ މުވައްޒަފުންނަށް އިރުޝާދު ދިނުމާއި އެހީތެރިވެދިނުން. 3. ހިޔާގައި ތިބޭ ކުދިންނަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. އަދި ކުދިން ގެންދަންޖެހޭ ތަންތަނަށް ގެންދިއުމުގެ މަސައްކަތްތައް ބެލެހެއްޓުން. |
||
މަޤާމު |
ކުދިންބަލަހައްޓާ |
||
ބޭނުންވާ އަދަދު |
03 |
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 |
ރޭންކް:SS1 |
މުސާރަ |
މަހަކު -/3100 |
||
ސަރވިސް އެލަވަންސް |
މަހަކު -/1000 |
||
މަސައްކަތް ކުރަންޖެހޭތަން |
ކުޑަކުދިންގެ ހިޔާ ،ވިލިމާލެ |
||
ޝަރުޠު |
|
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
|
||
މަޤާމު |
ކުދިންބަލަހައްޓާ (ކޮންޓްރެކްޓް އުސޫލުން) |
||
ބޭނުންވާ އަދަދު |
16 |
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 |
ރޭންކް: SS1 |
މުސާރަ |
މަހަކު -/3100 |
||
ސަރވިސް އެލަވަންސް |
މަހަކު -/1000 |
||
މަސައްކަތް ކުރަންޖެހޭތަން |
ކުޑަކުދިންގެ ހިޔާ ،ވިލިމާލެ |
||
ޝަރުޠު |
|
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
|
||
ޢިނާޔަތްތައް |
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް |
މި ވަޒީފާތަކަށް މީހުން ނެގުމުގައި 25 އަހަރާއި 45 އަހަރާއި ދެމެދުގެ އުމުރުފުރައިގެ މީހުންނަށް އިސްކަން ދެވޭނެއެވެ. |
||
ސުންގަޑި |
2014 ޑިސެންބަރު 29 ވަނަ ދުވަހުގެ 2:30 ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ ކުޑަކުދިންގެ ހިޔާ އަށް |
||
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ޖެނުއަރީ މަހުގެ ތެރޭގައި)(ހުރަވީ ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާގައި |
||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ކުޑަކުދިންގެ ހިޔާއިން ލިބެން ހުންނާނެއެވެ. |