ކުއްޔަށް ހިފުން
ނަންބަރު: G4C-A/2023/01
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 01 މާރިޗު 2023 13:00
ފާދިއްޕޮޅު އޮޅުވެލިފުށީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓު ހިންގުމަށް ޢިމާރާތެއް ކުއްޔަށް ހިފުމާ ގުޅޭ

މިކޯޓު ހިންގުމަށް ޢިމާރާތެއް ކުއްޔަށް ހިފުމާ ގުޅޭ.

      ޅ.އޮޅުވެލިފުށީ މެޖިސްޓްރޭޓް ކޯޓް ހިންގުމަށް އެކަށީގެންވާ 2 ކޮޓަރިއާއި (ފާޚާނާ އާއިއެކު) 1 ސިޓިންގް ރޫމް ހިމެނޭ ޢިމާރާތެއް (ފަރުނީޗަރ ނުހިމަނާ) 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަންބޭނުންވެއްޖެއެވެ.

ވީމާ، މިފަދަ ތަނެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2023 ފެބްރުވަރީ 26 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ޅ.އޮޅުވެލިފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 2023 މާރިޗު 01 ވާ  ބުދަ ދުވަހުގެ 13:00 އަށް ޅ.އޮޅުވެލިފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

20 ފެބުރުވަރީ 2023