ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އަދި ހޮސްޕިޓަލުގެ ދަށުން ހިންގަމުންގެންދާ ޞިއްޙީމަރުކަޒުތަކުގައި ބޭނުންކުރުމަށްޓަކައި އައި.ޓީ. ހާޑްވެއަރ ހޯދައިދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: HRH/I/2014/035 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، ބަޔާންކުރެވިފައިވާ ނަންބަރު އިޢުލާން ބާޠިލުކޮށް، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ 24 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 10:00 އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑް ޑޮކިއުމަންޓް ނަންގަވާ ފަރާތްތަކަށެވެ. ބީލަން ދޫކުރެވޭނީ ޕްރިންޓް ކޮށްފައެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 30 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 10:00 އެވެ.
26 ޞަފަރު 1436