ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)395-02/395/2023/32
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 05 މާރިޗު 2023 13:00
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
02 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ތާރީޚް:

20 ފެބުރުއަރީ 2023

ނަންބަރު:

(IUL)395-02/395/2023/32

29 ރަޖަބު 1444

އިޢުލާނުގެ ވަނަ:

2

02 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 

 

 

މި ކައުންސިލަށް 02 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން

-          މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ފައިސާ ދައްކާ ފަރާތްތަކަށެވެ. ރަޖިސްޓަރީވުމަށްޓަކައި ދައްކަން ޖެހޭ ފައިސާގެ ޢަދަދަކީ -/150ރުފިޔާ އެވެ.

-           ރަޖިސްޓްރީވުމަށްޓަކައި 'ބީލަމުގައި ރަޖިސްޓްރީވާ ފޯމް' ފުރިހަމަ ކުރުމަށް ފަހު  ފައިސާ ޓްރާންސްފަރ ކުރި ސްލިޕްކޮޅާއެކު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.

-          ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވަނީ 28 ފެބުރުއަރީ 2023 (އަންގާރަ) ދުވަހުގެ 13:00 އާއި ހަމައަށެވެ.

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުނ

-           މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

-          މި ބީލަމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.isdhoo.gov.mv   އިން ލިބެން ހުންނާނެއެވެ. އިތުރަށް މަޢުލޫމާތު[email protected]  އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

-          ބީލަން / ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ 05 މާރޗް 2023 އާދިއްތަ ދުވަހުގެ 13:00 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ޕްރޮޕޯޒަލްތައް ބަލައި ނުގަނެވޭނެއެވެ.

-          ޕްރޮޕޯޒަލް އާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.  ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.

-          ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 05 މާރޗް 2023 އާދިއްތަ ދުވަހުގެ 13:00 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.  

                                                              

 

20 ފެބުރުވަރީ 2023