ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-3A/426/2023/94
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:09
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - މަރަދޫ އަވަށު އޮފީހުގައި ހުރި ބައުތަކެތި ނީލަން ކިޔުމާއި ގުޅޭ

އިޢުލާން


މަރަދޫ އަވަށު އޮފީހުގައި ގައި ހުރި ބައުތަކެތި ނީލަން ކިޔުން

    މަރަދޫ އަވަށު އޮފީހުގައި ހުރި ބައުތަކެތި ނީލަމުގައި ވިއްކާލުމުގެ ކުރިން ދަޢުލަތުގެ އެއްވެސް އޮފީހަކުން އެތަކެތި ބޭނުންވޭތޯ ބެލުމަށް ކުރެވުނު ނަންބަރ: (IUL)426-3A/426/2023/61އިޢުލާނާއި ގުޅިގެން އެއްވެސް އޮފީހަކުން އެތަކެތި ބޭނުންކަމަށް އަންގާފައިނުވާތީ މިތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

    ނީލަން ކިއުން އޮންނާނީ 28 ފެބްރުވަރީ 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މަރަދޫ އަވަށު އޮފީހުގެ ގޯތިތެރޭގައެވެ.

    ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް 22 ފެބްރުވަރީ 2023 އިން 26 ފެބްރުވަރީ 2023 އަށް މިދުވަސްތަކުގެ ހެނދުނު 10:00 އިން 13:00 އާއި ދެމެދު ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ އަގު ހިމޭނެ ލިސްޓް  މިއިޢުލާނާ އެކު އެއްކަރުދާސް  ކުރެވިފައިވާނެ އެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހުގެ ނީލަމުގެ އުސޫލުން  އައިޓަމްތައް ގްރޫޕްކޮށްގެންނެވެ. ނީލަމުގައި ބައިވެރިވެ، ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން 03 ދުވަހުގެ ތެރޭގައި މަރަދޫ އަވަށު އޮފީހަށް ފައިސާ ދެއްކުމަށްފަހު ތަކެތި ގެންގޮސް ނިންމަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ އަދި ނުވިކި ހުންނަ  ތަކެތި ހަމަޖެހިފައިވާ އުޞޫލުގެ މަތިން ނައްތާލެވޭނެއެވެ.

   ވީމާ ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން މިނީލަމުގައި ބައިވެރިވެ ލެއްވުން އެދި މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28   ރަޖަބް  1444

19  ފެބުރުއަރީ  2023

20 ފެބުރުވަރީ 2023