ދިވެހިރާއްޖެ
ވ.އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ ފަރުނީޗަރ ހޯދުމަށް ކުރެވުނު މިހޮސްޕިޓަލްގެ ނަންބަރު: IUL)VAH/VAH/2014/9) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ވ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
30 ޑިސެންބަރު 2014 ( އަންގާރަ ) ދުވަހުގެ 11:00 އަށް |
04 ޖަނަވަރީ 2015 (އާދީއްތަ) ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6700029 ނަންބަރު ފޯނާއެވެ.
30 ޞަފަރު 1436