ކުއްޔަށް ދިނުން
ނަންބަރު: (IUL)419/419/2023/12
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 22:42
ސުންގަޑި: 07 މާރިޗު 2023 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން ކެއުންބުއިމުގެ ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

ގދ.ގައްދޫ އިން ކެއުންބުއިމުގެ ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

                     ގދ.ގައްދޫ އިން ކެއުންބުއިމުގެ ޚިދުމަތްތަކަށް ބިން ކުއްޔަށް ދިނުމަށް މިއިދާރާއިން ކުރިން ނިންމާފައިވާ ނިންމުންތަކުގައި އެއްބާވަތެއްގެ ބިންތަކާއި، ކުއްޔަށް ދޫކުރާ ކުލީގެ އަގުތަކާއި، ކުއްޔަށްދޭ މުއްދަތުގައި ފަރަގުތަކެއް ހުރުމާއި ގުޅިގެން، ބިން ކުއްޔަށް ދިނުމާބެހޭ އުޞޫލެއް ކައުންސިލުން ފާސްކުރުމާއެކު 2022 ޑިސެމްބަރ 20 ވަނަ ދުވަހު މިއިދާއިން ކޮށްފައިވާ ނަންބަރ (IUL)419/419/2022/124 އިޢުލާން ވަނީ ބާޠިލް ކުރެވިފައެވެ.

                    އެހެން ކަމުން ގދ.ގައްދޫ މިއީ، ގދ.ގައްދޫ ސޯމިލް ގެއާއި، އިންވެގެން އިރަށް އޮތް ހުސްމިބުން (ސޯމިލް ގެއާއި، ވަތަބަނޑޭރި މަގާއި، ދެމެދު) 1888.9 (އަށާރަސްތޭކަ އަތްޑިހަ އަށެއް) އަކަފޫޓްގެ ބިން ކެއުންބުއިމުގެ ޚިދުމަތްތަކަށް 25 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މިކައުންސިލުން ކުރެވުނު އިޢުލާނާއި ގުޅިގެން މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފުރުސަތު ދިނުމަށް އަލުން ހުޅުވާލަމެވެ.

ވީމާ، މިބިމުގައި ކެއުންބިއުމުގެ ވިޔަފާރި ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 07 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ 13:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

    19 ފެބްރުވަރީ 2023                                                   

19 ފެބުރުވަރީ 2023