ކުއްޔަށް ދިނުން
ނަންބަރު: (IUL)419/419/2023/11
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 22:39
ސުންގަޑި: 07 މާރިޗު 2023 07:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން އެހެނިހެން ވިޔަފާރިތަކަށް ބިން ކުއްޔަށްދިނުން

ގދ.ގައްދޫ އިން އެހެނިހެން ވިޔަފާރިތަކަށް ބިން ކުއްޔަށްދިނުން

                     ގދ.ގައްދޫ އިން އެހެނިހެން ވިޔަފާރިތަކަށް ބިން ކުއްޔަށް ދިނުމަށް މިއިދާރާއިން ކުރިން ނިންމާފައިވާ ނިންމުންތަކުގައި އެއްބާވަތެއްގެ ބިންތަކާއި، ކުއްޔަށް ދޫކުރާ ކުލީގެ އަގުތަކާއި، ކުއްޔަށްދޭ މުއްދަތުގައި ފަރަގުތަކެއް ހުރުމާއި ގުޅިގެން، ބިން ކުއްޔަށް ދިނުމާބެހޭ އުޞޫލެއް ކައުންސިލުން ފާސްކުރުމާއެކު 2022 ޑިސެމްބަރ 20 ވަނަ ދުވަހު މިއިދާއިން ކޮށްފައިވާ ނަންބަރ (IUL)419/419/2022/126 އިޢުލާން ވަނީ ބާޠިލް ކުރެވިފައެވެ.

                    އެހެން ކަމުން ގދ.ގައްދޫ ރަމްޒުގެއާއި، އިންވެގެން އިރުމައްޗަށްވާ ގޮތަށް ގޯތިން ބޭރުގައި އޮތް ހުސްބިން 715.68 (ހަތްސަތޭކަ ފަނަރަ) އަކަފޫޓްގެ ބިން އެހެނިހެން ވިޔަފާރިތަކަށް 30 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މިކައުންސިލުން ކުރެވުނު އިޢުލާނާއި ގުޅިގެން މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފުރުސަތު ދިނުމަށް އަލުން ހުޅުވާލަމެވެ.

                   ވީމާ، މިބިމުގައި އެހެނިހެން ވިޔަފާރި ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 07 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ 11:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

    19 ފެބްރުވަރީ 2023                                                   

19 ފެބުރުވަރީ 2023