ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)244-CAA/244/2023/9
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 18:21
ސުންގަޑި:
26 ފެބުރުވަރީ 2023 20:30
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފެބްރުއަރީ މަހުގެ ރައްޔިތުންގެ ޢާންމު ބައްދަލުވުން
އިޢުލާން
ފެބްރުއަރީ މަހުގެ ރައްޔިތުންގެ ޢާންމު ބައްދަލުވުމާއި ގުޅޭ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުން، 2023 ފެބްރުއަރީ 26 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ތުރާކުނު ސްކޫލްގެ އޭވީ ރޫމްގައި އޮންނާނެއެވެ.
ވީމާ، މި ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
ބައްދަލުވުމުގެ އެޖެންޑާ:
- 2022 ވަނަ އަހަރުގެ ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުން
- 2022 ވަނަ އަހަރުގެ މާލީ ބަޔާން ހުށަހެޅުން
- 2023 ވަނަ އަހަރުގެ ބަޖެޓު އަދި މަސައްކަތު ތާވަލު ޙިއްސާކުރުން
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
19 ފެބުރުވަރީ 2023