ވަޒީފާގެ ފުރުޞަތު
ނަންބަރު: 171-WPM/IUL/2023/40
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 18:06
ސުންގަޑި: 05 މާރިޗު 2023 16:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (އިންގްލިޝް ނިއުސް ރައިޓަރ)

މަޤާމް :އެޑްމިނިސްޓްރޭޓިވް ސަޕޯރޓް އޮފިސަރ (އިންގްލިޝް ނިއުސް ރައިޓަރ)
ބޭނުންވާ އަދަދު :1

މަޤާމުގެ ކްލެސިފިކޭޝަން: އެޑްމިން ސަޕޯރޓް އޮފިސަރ

މުސާރަ: 

- އަސާސީ މުސާރަ:  -/4,465 ރުފިޔާ

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2,200 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ނޮން-ޕްރެކްޓިސް އެލަވަންސް: -/1,562.75 ރުފިޔާ (އަސާސީ މުސާރައިގެ %35)

- އިތުރު ގަޑީގެ ގޮތުގައި މަހަކު: -/2,679 ރުފިޔާ (އަސާސީ މުސާރައިގެ %60)

- ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް

- ކެއުމާއި ބޭސްފަރުވާ ކުރުން

ޝަރުތު:

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ނުވަތަ ލެވެލް 06 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

- މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުން،

- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން،

- ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- މިޚިދުމަތުން ހިންގާ ޙަރަކާތްތަކާ، އޮޕަރޭޝަންތަކާ ގުޅިގެން ޢާއްމު ކުރަންޖެހޭ އިނގިރޭސި ޚަބަރާއި މަޢުލޫމާތުގެ ފެންވަރާއި ފަންވަރު ހިފަހައްޓައި ޚަބަރާއި މަޢުލޫމާތު ޢާއްމު ކުރެވޭ ފެންވަރަށް ތައްޔާރުކޮށް ފޮޓޯއާއެކު އަޕްލޯޑް ކުރުން.

- ޔުނިޓް ހެޑް ނުވަތަ އެޑިޓަރުން އަންގާ ގޮތެއްގެމަތިން، ފުލުހުންގެ މަސައްކަތްތަކާއި ފުލުހުން ހިންގާ އޮޕަރޭޝަންތަކުގެ މަޢުލޫމާތު މާލެއާއި އަތޮޅުތަކުން އެއްކޮށް މަޢުލޫމާތުގެ މައްޗަށް އިނގިރޭސި ޚަބަރު ހަދައި އަޕްލޯޑް ކުރުން.

- މިޙިދުމަތުން ހިންގާ ޙަރަކާތްތަކާއި އިވެންޓްތައް ކަވަރކޮށް އެޙަރަކާތްތަކާއި އިވެންޓްތަކުގެ އިނގިރޭސި ޚަބަރާއި މަޢުލޫމާތު ޢާއްމު ކުރުމަށް ތައްޔާރުކޮށް އަޕްލޯޑް ކުރުން.

- މިޚިދުމަތުން ހިންގާ ޙަރަކާތްތަކާއި ފުލުހުންގެ މަސައްކަތްތަކާއި ރައްޔިތުންގެ އިޖުތިމާޢީ އަދާލަތު ދަމަހައްޓައި ޞުލްޙަވެރިކަމާއި ހަމަޖެހުން އަދި ކުށުގެވެށި ކުޑަކޮށް އިޖުތިމާޢީ ހޭލުންތައް އިތުރުވާފަދަ މަޢުލޫމާތު ހިމަނައިގެން އިނގިރޭސި ޚަބަރާއި ރިޕޯޓްފަދަ ތަކެތި ލިޔެ ޢާއްމު ކުރުން.

- މިޚިދުމަތުގެ ލަނޑުދަނޑިތަކާއި މަޤްޞަދުތައް ޙާޞިލު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ޤާނޫނީ އިމުގެތެރެއިން ކުރުން.

- މިޚިދުމަތުން ބާއްވާ ހަފްލާ ރަސްމިއްޔާތުތައް ރާވާ އިންތިޒާމު ކުރުމުގެގޮތުން މީޑިއާ ސެންޓަރުގެ މަސައްކަތުގެ ތެރެއިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

- މަސައްކަތްކުރުމަށް ހަވާލުކުރެވިފައިވާ ސާމާނާއި އާލާތްތައް އޭގެ އެންމެ ފުރިހަމަގޮތުގައިގެންގުޅެ ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.

- މާލެއާއި އަތޮޅު ތެރޭގައި ހިނގާ ބޮޑެތި ހާދިސާތައް ކަވަރުކުރުމަށް ޖެހިއްޖެ ޙާލަތެއްގައި އެފަދަ އިވެންތްތައް އިނގިރޭސިބަހުން ކަވަރކުރުން.

- މިޚިދުމަތުން ހިންގާ އެކިއެކި ހަރަކާތްތަކާއި އޮޕަރޭޝަންފަދަ ކަންކަމުގެ މަޢުލޫމާތު ހޯދައި އިނގިރޭސި ޚަބަރު ތައްޔާރުކޮށް ހަމަޖެހިފައިވާ އިންތިޒާމާއި އެއްގޮތަށް ޚަބަރުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

- ބޮޑެތި މުޒާހިރާތަކާއި އެއްވުންތައް އަދި އެނޫނަސް މިޚިދުމަތުން ހިންގާ އެފަދަ އޮޕަރޭޝަންތަކުގައި މީޑިއާ ޔުނިޓުގެ ދައުރު އަދާކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން..

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން.

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން.

މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

- ޖީ.ސީ.އީ އޯ-ލެވަލް ނުވަތަ ޖީ.ސީ.އީ އޭ-ލެވަލް އިމްތިޙާނުގައި "އިނގިރޭސި" މާއްދާއިން "ބީ" ފާސް ނުވަތަ އެއްށްވުރެ މަތީ ފާހެއް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:  މާލެ.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:   ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ،

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

- ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)،

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2023 މާރިޗު 05 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

28 ރަޖަބު 1444

19 ފެބުރުވަރީ 2023