ވަޒީފާގެ ފުރުޞަތު
ނަންބަރު: 171-WPM/IUL/2023/39
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 17:49
ސުންގަޑި: 05 މާރިޗު 2023 16:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ސޯޝަލް މީޑިއާ ހޭންޑްލަރ)

މަޤާމް :އެޑްމިނިސްޓްރޭޓިވް ސަޕޯރޓް އޮފިސަރ (ސޯޝަލް މީޑިއާ ހޭންޑްލަރ)
ބޭނުންވާ އަދަދު :1

މަޤާމުގެ ކްލެސިފިކޭޝަން: އެޑްމިން ސަޕޯރޓް އެސިސްޓަންޓް

މުސާރަ: 

- އަސާސީ މުސާރަ:  -/3,470 ރުފިޔާ

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/1,700 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- މިނިމަމްވޭޖް އެލަވަންސް: -/1,000 ރުފިޔާ

- ނޮން-ޕްރެކްޓިސް އެލަވަންސް: -/1,214.50 ރުފިޔާ (އަސާސީ މުސާރައިގެ %35)

- އިތުރު ގަޑީގެ ގޮތުގައި މަހަކު: -/2,082.00 ރުފިޔާ (އަސާސީ މުސާރައިގެ %60)

- ކެއުމާއި ބޭސްފަރުވާ ކުރުން

ޝަރުތު:

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޖީ.ސީ.އީ އޯ-ލެވަލް އިމްތިޙާނުގައި 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއިއެކު، އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" އަދި "އިސްލާމް" މި 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން،

* ނޯޓް:

  •  ޑިޕްލޮމާ ލެވެލްގެ ސަނަދުން ފެށިގެން މަތީ ސަނަދު ހާޞިލްކޮށްފައިވާ ފަރާތެއް މި މަޤާމަށް އެދި ފޯމް ހުށަހަޅާނަމަ އެ ފަރާތަކީ މި މަޤާމަށް ކަނޑައަޅާފައިވާ ތަޢުލީމީ މިންގަނޑަށްވުރެ މަތީ ފަރާތެއްކަމަށް ބަލައި އެފަރާތެއްގެ ފޯމް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

- މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުން،

- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން،

- ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

ފުލުހުންގެ މަސައްކަތްތަކުގެ ހަރުދަނާ ކަމާ ޕްރޮފެޝަނަލްކަން ރައްޔިތުންނަށް ހާމަކުރުމައްޓަކައި ތައްޔާރުކުރަންޖެހޭ ވީޑިއޯ އާއި ފޮޓޯ ފަދަތަކެތި ފޮޓޮގްރަފީ އެންޑް މަލްޓިމީޑިއާ ސެކްޝަންގެ ހެޑާއި މަޝްވަރާކޮށް ހެދުމަށްފަހު އެތަކެތި ސޯޝަލް މީޑިއާގެ އެކިއެކި ވަޞީލަތްތައް މެދުވެރިކޮށް ދަޢުރު ކުރުވުން.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަޞައްވަރު ރަނގަޅުކޮށް ފުލުހުންގެ މަސައްކަތާ ދޭތެރޭ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ހަރުދަނާކަން ދެމެހެއްޓުމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި އެހެނިހެން ގޮތްގޮތުން ހޯދުން.

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ޓްވީޓަރ އަށާއި ފޭސްބުކް އަދި އެހެނިހެން ވަޞީލަތްތަކާއި ޢާއްމު ނޫސްތަކުގައި ރައްޔިތުން ކޮށްފައި ހުންނަ ކޮމެންޓްތަކާއި ފުލުހުންނަށް މަތިކޮށްފައި ހުންނަ ސުވާލުތައް ބަލައި އެ ސުވާލުތަކަށް ޖަވާބު ދިނުން.

- ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތާ ދޭތެރޭ ރައްޔިތުން ދެކޭގޮތް މީޑިއާ މެދުވެރިކޮށް ދެނެގަނެ އެކަންކަން ރަނގަޅު ކުރުމަށް ކުރެވެންހުރި ކަންކަން ބަލައި މަސައްކަތްތައް ރާވައި ކުރިޔަށް ގެންދިއުން.

- ދިވެހި ފުލުހުންގެ ޚިދުމަތުން  ހިންގާ ޙަރަކާތްތަކާއި ފުލުހުންގެ މަސައްކަތްތަކާއި ރައްޔިތުންގެ އިޖުތިމާޢީ އަދާލަތު ދަމަހައްޓައި ޞުލްޙަވެރިކަމާއި ހަމަޖެހުން އަދި ކުށުގެ ވެށި ކުޑަކޮށް އިޖުތިމާޢީ ހޭލުންތައް އިތުރުވާފަދަ މަޢުލޫމާތު ސޯޝަލް މީޑިއާގައި ހާމަކުރުން.

- ދިވެހި ފުލުހުންގެ ޚިދުމަތުން  ހިންގާ ޙަރަކާތްތަކާއި އިވެންޓްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ޕްރޮމޯޓް ކުރުމާއި އެކަންކަން ކުރުމުގައި ހުރި ހަރުދަނާ ގޮތްގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެމަސައްކަތް ކުރިޔަށް ގެންދިއުން.

- ސޯޝަލް މީޑިއާގައި ދައުރުވާ ޚަބަރުތަކާއި ފޮޓޯތައް އަދި ވީޑިއޯތައް ދިރާސާކޮށް ކަމާބެހޭ ރިޕޯޓް ދުވަހުން ދުވަހަށް ޔުނިޓް ހެޑަށް ހުށަހަޅައި އެއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ކުރަންޖެހޭ މަސައްކަތް ކުރުން.

- ސޯޝަލް މީޑިއާގައި ދައުރުވާ ޚަބަރާއި ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ ތެރެއިން ރައްދު ދޭންޖެހޭ ތަކެތި ފާހަގަކޮށް ޔުނިޓް ހެޑްގެ މަޝްވަރާގެމަތިން ރައްދުދީ ބެލެންސް ހިފެހެއްޓުމުގެ މަސައްކަތްކުރުން.

- ޢާއްމު އޮންލައިން ނޫސްތަކާއި މީޑިއާގެ އެކިއެކި ވަޞީލަތްތަކުގައި ފުލުހުންނާ ގުޅޭ ގޮތުން އަދި ފުލުހުންގެ ޚިދުމަތްތަކާ ބެހޭގޮތުން ހުންނަ ލިޔުންތަކާއި ތަކެތި ބަލައި އެފަދަ ލިޔުންތަކާއި ތަކެއްޗަށް ޔުނިޓް ހެޑް އަންގަވާގޮތަށް ރައްދުދީ އާކައިވްކޮށް އެމަސައްކަތް ދުވަހުން ދުވަހަށް ކުރުން.

- ބޮޑެތި މުޒާހިރާތަކާއި އެއްވުންތައް އަދި އެނޫނަސް މިޚިދުމަތުން ހިންގާ އެފަދަ އޮޕަރޭޝަންތަކާއި އިވެންޓްތަކާއި ގުޅޭ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ޔުނިޓް ހެޑް އަންގާގޮތެއްގެ މަތިން މީޑިއާ ކުރުން އަދި އެހެންމެ މަގާމުގެ މަސްއޫލީޔަތާއި ގުޅިގެން އަދާކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން.

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން.

މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

- ޖީ.ސީ.އީ އޯ-ލެވަލް ނުވަތަ ޖީ.ސީ.އީ އޭ-ލެވަލް އިމްތިޙާނުގައި "އިނގިރޭސި" މާއްދާއިން "ބީ" ފާސް ނުވަތަ އެއްށްވުރެ މަތީ ފާހެއް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:  މާލެ.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:   ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ،

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

- ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)،

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2023 މާރިޗު 05 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

28 ރަޖަބު 1444

19 ފެބުރުވަރީ 2023