ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)133-AS/1/2013/09
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2013
ޕަބްލިޝްކުރި ގަޑި: 12:07
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވޯޓްލާ ދުވަސް އައުމުގެ ކުރިން ދުރާލާ ކާޑުހައްދަވައިގެން ތިއްބެވުން އެދި
އިޢުލާން
މި އަހަރަކީ ރިޔާސީ އިންތިޚާބެއް އޮންނަ އަހަރަކަށް ވެފައި، އިންތިޚާބުގައި ވޯޓު ދެއްވުމަށްޓަކައި ވޯޓު ދިނުމުގެޙައްޤުލިބިފައިވާ ކޮންމެ ދިވެހިރައްޔިތެއްގެ އަތުގައިވެސް މަޢުލޫމާތު ޞައްޙަ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑެއް އޮތުމަކީ ވަރަށް މުހިއްމުކަމެކެވެ.
ވީމާ، ކާޑުގެ މުއްދަތު ހަމަވެގެން، ގެއްލިގެން، ހަލާކުވެގެން ނުވަތަ މިނޫންވެސްގޮތަކުން ކާޑު ހައްދަވަން ޖެހިވަޑައިގަންނަވާ ބޭފުޅުން ވޯޓުލާދުވަސް އައުމުގެ ކުރިން ދުރާލާ ކާޑުހައްދަވައިގެން ތިއްބެވުން އެދެމެވެ.
މި ދުވަހާ ކައިރިކޮށް އެއްފަހަރާ ގިނަބަޔަކު ކާޑު ހެއްދުމަށް އެދުމުން، މި ޑިޕާޓްމަންޓަށްވެސް އަދި ޚިދުމަތް ހޯއްދެވުމަށް އެދިވަޑައިގަންނަވާ ފަރާތަށްވެސް ވަރަށްބޮޑު ދަތިތަކެއް ކުރިމަތިވެދާނެ ކަމަށްޓަކައި މިކަމަށް ސަމާލުކަން ދެއްވުމަށް ދެންނެވީމެވެ.
25 ރަޖަބު 1434
04 ޖޫން 2013