މަސައްކަތް
ނަންބަރު: (IUL)KRH-PLD/2023/13
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 17:17
ސުންގަޑި:
27 ފެބުރުވަރީ 2023 13:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރު ތަރައްޤީ ކުރުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އުފަންހިޔާގައި ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރު ތަރައްޤީ ކުރުމުގެ ތެރޭގައި ސްޕީޗް ތެރަޕީ ރޫމް ހިމެނޭގޮތަށް ސްކޯޕް ބަދަލުވެފައިވާތީ، ސްޕީޗް ތެރަޕީ ރޫމަށް ގެންނަށްޖެހޭ ބަދަލުތައް ގެނައުމަށް ކުރެވުނު ނަންބަރު (ILU)KRH-PLD/2022/67 (08 ސެޕްޓެންބަރު 2022) އިއުލާން ބާތިލުކޮށްފީމެވެ.
ވީމާ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޤާއިމު ކުރެވިފައިވާ ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރު ތަރައްޤީ ކުރުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 19 ފެބުރުވަރީ 2023 ވާ އާދީއްތަ ދުވަހުން ފެށިގެން 27 ފެބްރުވަރީ 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް [email protected] އަށް އީ-މެއިލް ކުރެއްވުމަށް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާހުގެ ޖަދުވަލު 1 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
- މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް، އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
- ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
މައުލޫމާތު ސާފުކުރުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)
- ތާރީޚް: 28 ފެބްރުވަރީ 2023 (އަންގާރަ)
- ގަޑި: 10:00 ގައި
ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)
- ތާރީޚް: 02 މާރިޗް 2023 (ބުރާސްފަތި)
19 ފެބުރުވަރީ 2023