ތަމްރީނު
ނަންބަރު: (IUL)328-HR/328/2023/21
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 28 ފެބުރުވަރީ 2023 00:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
National Certificate 3 in Cake Decoration

ނޭޝަނަލް ސެޓްފިކެޓް 3 އިން ކޭކް ޑެކަރޭޝަން ކޯސް

       ކޮމިއުޓީ އަޕްސިކިލިންގ ޕްރޮގްރާމްގެ ދަށުން، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އާއި ޅ.ކުރެންދު ކައުންސިލް ގުޅިގެން އެމް.ކިއު.އޭ އެޕްރޫޑް 

ނޭޝަނަލް ސެޓްފިކެޓް 3 އިން ކޭކް ޑެކަރޭޝަން ކޯހެއް ބޭވުމަށް ވާނީ ހަމަޖެހިފައެވެ.

ކޯހުގެ ނަން: ނޭޝަނަލް ސެޓްފިކެޓް 3 އިން ކޭކް ޑެކަރޭޝަން

މުއްދަތު: 3 މަސް

ފެށުމަށް ހަމަޖެހިފައިވާ ތާރީހް: 5 މާރިޗް 2023

ކޯސްފީ: ހިލޭ

ކޯހުގައި ބޭނުންވާ ތަކެތި: ފޯރުކޮށްދެވޭނެ

           ވީމާ، މި ޕްރޮގުރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 28 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން، ބައިވެރި ވުމަށް އެދޭ ފޯމާއި އައިޑީ ކާޑު ކޮޕީ،

ޅ. ކުރެންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. ޕްރޮގްރާމުގައި ބައިވެރި ވުމަށް އެދޭ ފޯމް ކައުންސިލް އިދާރާއިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.

          އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލްގެ ސްޕޯޓްސް ކައުންސެލަރ ދުންޔާ ހުސައިން، ފޯން 7676077 އާއި ގުޅުއްވާއިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ފެބުރުވަރީ 2023