ދިވެހިރާއްޖެ
އިޢުލާން
އ.ތ.މ ކޮމިޓީގެ ފަރާތުން ކުރިޔަށް ގެންދާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުން
އަންހެނުންގެ ތަރަށްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން 2023 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2023 މާރޗް 01 ވަނަ ދުވަހުން ފެށިގެން 07 - 10 ދުވަހުގެ މުއްދަތަށެވެ. މިކޯހުގައި ޕޭސްޓްރީގެ އެކި ކަހަލަ ތަކެތި ތައްޔާރުކުރުމަށް ދަސްކޮށްދެވޭނެއެވެ. މި ކޯހުގެ ފީއަކީ 1100/- (އެގާރަ ސަތޭކަ ރުފިޔާ) އެވެ.
ވީމާ، މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2023 ފެބްރުވަރީ 23 ވާ ބުރާސްފަތި ދުވަހުގެ ކުރިން ނަންބަރު 7710229 ފޯނަށް ގުޅައިގެން ނަންނޯޓް ކުރުމަށް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
28 ރަޖަބު 1444