ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321-A/321/2022/231
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:56
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023ފެބުރުވަރީ މަހުގެ ބައްދަލުވުން

އިޢުލާން

2023 ފެބުރުވަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 1-107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފެބުރުވަރީ މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން މި ހިނގާ ފެބުރުވަރީ މަހުގެ 27 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި ތުޅާދޫ ސްކޫލް ހޯލުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުމުގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް ތިރީގައި އެވަނީއެވެ.

-  2022 ވަނަ އަހަރު ހިންގުނު ޙަރަކާތްތަކުގެ ތަޕްޞީލް ރިޕޯޓު ޙިއްޞާކުރުން

-  2022 ވަނަ އަހަރުގެ މާލީ ހިސާބުތައް ޙިއްޞާކުރުން

ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މި އިޢުލާނާއެކު 2022 ވަނަ އަހަރު ހިންގުނު ޙަރަކާތްތަކުގެ ތަޕްޞީލް ރިޕޯޓާއި 2022 ވަނަ އަހަރުގެ މާލީ ހިސާބުތައް ޢާއްމުކުރެވިފައިވާނެއެވެ.

 

 28    ރަޖަބު    1444                                            

19 ފެބުރުވަރީ 2023