ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-L/1/2013/47
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2013
ޕަބްލިޝްކުރި ގަޑި: 11:56
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިތުރު ޓެކްސީތަކަށް ހުއްދަދޭގޮތަށް ފުރުޞަތު ހުޅުވާލުން

                               އިޢުލާން

  މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންގެންދާ އުޅަނދުތަކުގެ އަދަދު މަދުވުމާގުޅިގެން އެ ޚިދުމަތް ބޭނުންވާ އާންމު ފަރާތްތަކަށް އެކަށީގެންވާގޮތަށް ޓެކްސީގެ ޚިދުމަތް ލިބެމުން ނުދާތީ އެކަން ހައްލު ކުރުމުގެ ގޮތުން އިތުރު ޓެކްސީތަކަށް ހުއްދަދޭގޮތަށް ފުރުޞަތު ހުޅުވާލި ވާހަކަ ދެންނެވީމެވެ.

  އަލަށް ޓެކްސީބޯޑު ދޫކުރަން ހަމަޖެހިފައިވަނީ އެގްރީމެންޓެއްގެދަށުން، 31 މެއި 2013ގެ ކުރިން ރަޖިސްޓަރީ ކޮށްފައިވާ، އުފެއްދި ތާރީޚުން ފެށިގެން 10އަހަރު ނުވާ، ހަތަރު ދޮރުފަތްލީ ޖާގައިގެ ގޮތުން ތަނަވަސް ޑިކީ ހުރި ކާރަށެވެ.

              23 ރަޖަބު  1434

02 ޖޫން 2013