މަސައްކަތް
ނަންބަރު: (IUL)472/1/2023/40
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:53
ސުންގަޑި: 26 ފެބުރުވަރީ 2023 11:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އޮފީސް އިމާރާތުގައި ބަދިގެ ކަބަޑު ސެޓް ތައްޔާރުކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުން

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އޮފީސް އިމާރާތުގައި 02 ބަދިގެ ކަބަޑު ސެޓް ތައްޔާރުކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

        ވީމާ، މި މަސައްކަތްކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކުން 26 ފެބްރުވަރީ 2023 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އުމަރު ޒާހިރު ބިލްޑިންގ (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގެ 03 ވަނަ ފަންފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

      މި ބީލަމާ ގުޅިގެން ތަނުގެ މިން ނަގަން ބޭނުންވާ ފަރާތްތަކުން 2023 ފެބްރުވަރީ 26 ވާ އާދިއްތަ ދުވަހުގެ 09:00 ގެ ކުރިން އުމަރު ޒާހިރު ބިލްޑިންގ (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގެ 3 ވަނަ ފަންގިފިލާއަށް ހާޒިރުވެ މިން ނެގުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ކަނޑައަޅާފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާ ދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

 

        އަދި ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

19 ފެބުރުވަރީ 2023