ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/472/2023/2
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:45
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޮފީސް ހިނގަމުންދާ ޢިމާރާތް ބަދަލުވުން
އިޢުލާން
އޮފީސް ހިނގަމުންދާ ޢިމާރާތް ބަދަލުވުން
19 ފެބްރުއަރީ 2023 (އާދީއްތަ) އިން ފެށިގެން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ހިނގަމުންދާނީ ހުޅުމާލޭގެ (ފޭސް 1) އޯކިޑްމާ ހިނގުމުގައި ހުންނަ ޢުމަރު ޒާހިރު އޮފީސް ޢިމާރާތުގެ 3 ވަނަ ފަންގިފިލާ ގައެވެ.
މި ބަދަލާއެކު، މި މިނިސްޓްރީގެ ކައުންޓަރުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ޢިމާރާތުގެ ގްރައުންޑް ފްލޯގައި ޤާއިމުކޮށްފައިވާ މި މިނިސްޓްރީގެ ކައުންޓަރުން ކަމުގައި ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ފެބުރުވަރީ 2023