ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ހުޅުމާލޭގެ 10 މިސްކިތް އަމިއްލަ ތަކެތީގައި، 01 އަހަރު ދުވަހުގެ މުއްދަތަށް ފޮޅާސާފުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ ކުރެވުނު ނަންބަރު: 276 (IUL)425-A2/1/2022/ އިޢުލާނަށް ހުށަހަޅާފައިވާ އަގުތަކަކީ މި މަސައްކަތަށް އެކަށީގެންވާ އަގުތަކަކަށް ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.
|
ތާރީޚް |
ގަޑި |
ތަން / ތަފްޞީލް |
މަޢުލޫމާތު ސާފުކުރުން |
20 ފެބްރުއަރީ 2023 |
11:00 |
ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް |
އަގު ހުށަހެޅުން |
27 ފެބްރުއަރީ 2023 |
11:00 |
ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް |
މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
- ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
- އިތުރު މަޢުލޫމާތު:
- މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ) ފޯން: 3025487 / އީމެއިލް: [email protected]