ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރާ ގާޑިޔާ ބިމުގައި ހުރި ރުއްގަހުގެ ބަދަލުމައްސަލަ ނިންމުމަށްޓަކައި ރުއްގަހުގެ ވެރިން ހޯދުމަށް، އެ ބިމުގައިހުރި ރުއްތަކުގައި މިހާރުވާނީ ކަޅުކުލައިގެ ދަވާދުން، 01 އިން 03 އަށް، (ހިސާބް އަކުރުން) ނަންބަރު ޖަހާފައެވެ. އަދި އެ ބިމުގައިހުރި ގަސްތަކުގައިވެސް ކަޅުކުލައިގެ ދަވާދުން، 01 އިން 02 އަށް، (ހިސާބް އަކުރުން) ނަންބަރު ޖަހާފައިވާނެއެވެ.
ވީމާ، މަތީގައި ބަޔާންކޮށްފައިވާ ރުއްގަހުގެ ވެރިން، އެރުއްގަހުގައިވާ ނަންބަރު ނޯޓު ކޮށް، "ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު، 23 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި އެތަނުގައިހުރި ނަގައިގެން ގެންދެވޭފަދަ ރުއްގަހާއި، ތަކެތި މިދެންނެވި މުއްދަތުގެތެރޭގައި ނެންގެވުމަށް ދަންނަވަމެވެ. ދަންނަވާފައިވާ ތާރީޚުގެ ފަހުން، ރުއްގަހުގެ ބަދަލުހޯދުމަށްއެދި ހުށައަޅާ ފޯމްތަކަށް ބަދަލުދެވޭނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.
"ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށް އެދޭ ފޯމް" ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މި ކައުންސިލްގެ ކައުންޓަރ އިން ލިބެންހުންނާނެވާހަކަ ދަންނަވަމެވެ.