ކުއްޔަށް ދިނުން
ނަންބަރު: B-381/I-2023/14
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 23 ފެބުރުވަރީ 2023 11:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ބަނދަރު ސަރަހައްދުގައި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި 18 ރުއް ވަރުވާއަށް ދޫކުރުމާ ގުޅޭ

އިޢުލާން

މި ކައުންސިލްގެ ބެލުމުގެ ދަށުގައި، ބަނދަރު ސަރަހައްދުގައި ހުރި 18 ރުއް ބީލަމުގެ އުސޫލުން، ދެ އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ލިޔެ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިގޮތުން މި ރުއްތައް ލިޔެދެވޭނީ މަސްދުވަހަށް އެންމެ ބޮޑު ވަރުވާއެއް ހުށަހަޅާ ފަރާތަކަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކޮށްފައިވާ ތާރީޙްގެ ކުރިން ކައުންސިލްއަށް ދުރުވެ ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރެއްވުމުން މަޢުލޫމާތު ކަރުދާސް އަދި އަގު ހުށަހަޅާ ފޯމް އެފަރާތަކާއި ހަވާލު ކުރެވޭނެއެވެ.

ތަފުސީލު

ތާރީޚް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ކުރުން

23 ފެބްރުއަރީ 2023

11:00 ކުރިން

އަގު ހުށަހަޅާ ފޯމު ބަލައިގަތުން

28 ފެބްރުއަރީ 2023

11:00ގައި

އަގު ހުށަހެޅުއްވުން އޮންނާނީ މަތީގައި ބަޔާންކޮއްފައިވާ ތާރީޙްގައި ކުޑަހުވަދޫ ކައުންސިލްގެ އިދާރާގައެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ސިޓީއެއް ހުށަހެޅުމަށް ދަންނަވަމެވެ. އަދި މި ސިޓީގައި، ބަދަލުގައި ފޮނުވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގެން އޮންނަންވާނެއެވެ. މައުލޫމާތު ނުނަންގަވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމާއި މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

16 ފެބުރުވަރީ 2023