މުބާރާތް
ނަންބަރު: (IUL)410-P/410/2023/15
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 23 ފެބުރުވަރީ 2023 14:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫ ކައުންސިލްގެ ޤުރްއާން މުބާރާތް 1444

މިކައުންސިލްގެ 2ވަނަ ޤުރްއާން މުބާރާތް ބޭއްވުމަށް މި ކައުންސިލުން ކޮށްފައިވާ ނަންބަރު (IUL)410-P/410/2023/11  އިޢުލާން ކެންސަލްކުރުމަށްފަހު އަލުން ފުރުޞަތު ހުޅުވާލާއި މި އަންނަ ރަމަޟާން މަހުގެ ފަހުދިހައިގާ މި މުބާރާތް ބާއްވާ ގޮތަށް ހަމަޖައްސައިފީމެވެ.

މިގޮތަށް މި ފުރުޞަތު ހުޅުވާލީ ކުރިން ކުރެވިފައިވާ އިޢުލާނާއި އެއް ހީރަސްކުރެވިފައިވާ އުޞޫލަށް ރައްޔިތުންގެ ފަރާތުން ހުށަހެޅި ޚިޔާލުތަކަށް ރިއާޔަތްކޮށް ގެނެވުނު ބަދަލުތަކާއި އެކު މިކަން ކުރުމަށް ކައުންސިލުން ބޭނުންވާތީއެވެ.

މިހެންކަމުން ކުރިން ކުރި އިޢުލާނާއި ގުޅިގެން މުބާރާތުގައި ބައިވެރިވުމަށް ފޯމް ފުރި ފަރާތްތަކުންވެސް އަލުން ފޯމް ފުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދެންނެވީމެވެ.

މި މުބާރާތުގައި ޢަލަމުކުރާނީ މި ކައުންސިލުން ފާސްކޮށްފައިވާ " ދާންދޫ ކައުންސިލްގެ ޤުރްއާން މުބާރާތް ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލު " 1444ހ. އާއި އެއްގޮތަށެވެ.

 

މުބާރާތުގެ ގޮފިތައް:

  1. ބަލައިގެން ކިޔެވުމުގެ ގޮފި
  2. ހިތުން ކިޔެވުމުގެ ގޮފި

 

މުބާރާތުގައި ބައިވެރި ކުރުމަށް ކަނޑައެޅިފައިވާ ޢުމުރު ފުރާތައް:

  1. 5 އަހަރުން ދަށް (5 އަހަރު ނުފުރޭ)
  2. 7 އަހަރުން ދަށް (5 އަހަރު ފުރި 7 އަހަރު ނުފުރޭ)
  3. 9 އަހަރުން ދަށް (7 އަހަރު ފުރި 9 އަހަރު ނުފުރޭ)
  4. 11 އަހަރުން ދަށް (9 އަހަރު ފުރި 11 އަހަރު ނުފުރޭ)
  5. 13 އަހަރުން ދަށް (11 އަހަރު ފުރި 13 އަހަރު ނުފުރޭ)
  6. 15 އަހަރުން ދަށް (13 އަހަރު ފުރި 15 އަހަރު ނުފުރޭ)
  7. 17 އަހަރުން ދަށް (15 އަހަރު ފުރި 17 އަހަރު ނުފުރޭ)
  8. 19 އަހަރުން ދަށް (13 އަހަރުފުރި 19 އަހަރު ނުފުރޭ)
  9. 19 އަހަރުން މަތި (19 އަހަރާއި 60 އަހަރާއި ދެމެދުގެ އުމުރުފުރާ)
  10. ޚާއްޞަ އެހީއަށް ބޭނުންވާ ބައިވެރިންނަށް ޚާއްޞަ ކެޓަގަރީ (ހުރިހާ އުމުރުފުރާއެއް)

      ބައިވެރިންގެ ޢުމުރުފުރާ ބަލާނީ ރަމަޟާން މަހު 1 އާއި ހަމަޔަށް ފުރިފައިވާ އަހަރަށެވެ.

 

      ކަނޑައެޅިފައިވާ ގޮފިތަކުގެ ތެރެއިން ކޮންމެ ގޮތްޕެއްގައިވެސް ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ :-

-          ރަށުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ނުވަތަ ރަށުގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށެވެ. ރަށުގައި ދިރި އުޅޭ އެހެން ރަށްރަށުގެ މީހުންކަމުގައި ބަލާނީ ވޭތުވެ ދިޔަ 12 މަސްދުވަހު މެދުނުކެޑި ރަށުގައި ދިރިރިއުޅެފައިވާ ނަމައެވެ.

 

މުބާރާތަށް ކަނޑައެޅިފައިވާ ހެނދުން ކޯޑް:

  1. ފިރިހެން ބައިވެރިންގެ ހެދުން:  ގަމީސް / ކުރުތާ، ފަޓްލޫން ، ތާކިހާ (ތަސްވީރެއް ފޮޓޯއެއް ހިމެނިފައިނުވާ)
  2. އަންހެން ބައިވެރިންގެ ހެދުން:  އަތްދިގު ހެދުން ދިގު ހަރުވާޅަ ، ބުރުގާ (ތަސްވީރެއް ފޮޓޯއެއް ހިމެނިފައިނުވާ)

 

މިއަހަރު ދިނުމަށް ކަނޑައެޅިފައިވާ އިނާމްތައް:

  1. ކޮންމެ ގޮތްޕަކުން އަދި ކޮންމެ އުމުރު ފުރާއަކުން 1 ވަނައަށް އަންނަ ފަރާތަކަށް

v     ދެވޭ ހަނދާނީ ލިއުން

v     ދެވޭ ޓްރޮފީ

v     ދެވޭ ފައިސާގެ އިނާމް (-/2000ރ ގެ ފައިސާގެ ޢިނާމް)

  1. ކޮންމެ ގޮތްޕަކުން އަދި ކޮންމެ އުމުރު ފުރާއަކުން 2 ވަނައަށް އަންނަ ފަރާތަކަށް

v     ދެވޭ ހަނދާނީ ލިއުން

v     ދެވޭ ޓްރޮފީ

v     ދެވޭ ފައިސާގެ އިނާމް (-/1500ރ ގެ ފައިސާގެ ޢިނާމް)

  1. ކޮންމެ ގޮތްޕަކުން އަދި ކޮންމެ އުމުރު ފުރާއަކުން 3 ވަނައަށް އަންނަ ފަރާތަކަށް

v     ދެވޭ ހަނދާނީ ލިއުން

v     ދެވޭ ޓްރޮފީ

v     ދެވޭ ފައިސާގެ އިނާމް (-/1000ރ ގެ ފައިސާގެ ޢިނާމް)

  1. ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނައަށް އަންނަ ފަރާތަކަށް

v     ދެވޭ ހަނދާނީ ލިއުން

v     ދެވޭ ޓްރޮފީ

v     ދެވޭ ފައިސާގެ އިނާމް (-/3000ރ ގެ ފައިސާގެ ޢިނާމް)

  1. ހިތުން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނައަށް އަންނަ ފަރާތަކަށް

v     ދެވޭ ހަނދާނީ ލިއުން

v     ދެވޭ ޓްރޮފީ

v     ދެވޭ ފައިސާގެ އިނާމް (-/3000ރ ގެ ފައިސާގެ ޢިނާމް)

 

މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މި އަދުން ފެށިގެން މި އިއުލާނުގައިވާ https://forms.gle/qC9D2Kb6h1izYkqK8 ލިންކް މެދުވެރިކޮށް ނުވަތަ ސިޓީއެއް މެދުވެރިކޮށް 16 މާރޗް 2023 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މުބާރާތުގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ.  މިކަމާއި ބެހޭގޮތުން އިތުރު މައުލޫމާތެއް އޮޅުން ފިލުވުމަށް ގުޅުއްވާނީ 7330026 އަށެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

14 ފެބުރުވަރީ 2023