ދިވެހިރާއްޖެ
އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގައި ތިރީގައި މި ދަންނަވާ މަޤާމުގައި މަސައްކަތްކުރަން ޝައުޤުވެރިވާ ދިވެހިންނަށް ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު: އެންރޯލްޑް ނާރސް
މުސާރަ: -/5020 ރުފިޔާ
ސާރވިސް އެލަވަންސް: -/2500 ރުފިޔާ
ޝަރުޠު: ނަރސިންގ ދާއިރާއިން އޮނިގަނޑު ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ދިވެހިރާއްޖޭގެ ނާރސިންގ ކައުންސިލްގައި ރަޖިސްޓަރީ ވެފައިވުން
ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާ އަދާކުރެއްވުމަށް ބޭނުންވާ ރަށެއް އެނގޭނެހެން 30 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި އެދިލައްވާ ރަށެއްގައި ހުސް މަޤާމެއް ނެތިގެން ވަޒީފާ ހަމަޖެހެން ނެތްނަމަ ދެވަނަ އަދި ތިންވަނައަށް ވަޒީފާ ބޭނުންވާ ރަށެއްވެސް އެނގޭގޮތަށް (އިސްކަންދޭ ތަރުތީބުން) ހުށަހެޅުއްވުމަށް ދަންނަވަމެވެ. އެރަށެއްގައި ހުސްމަޤާމު އޮތް އަދަދަށްވުރެ ގިނަ ފަރާތްތަކަކުން އެ މަޤާމަށް ކުރިމަތިލާފައިވާނަމަ އެމަޤާމަށް މީހަކު ހޮވާނީ އެދިފައިވާ ހުރިހާ ފަރާތްތަކާ އިންޓަވިއު ކޮށްގެންނެވެ.
މި ވަޒީފާއަށްއެދި ހުށަހަޅުއްވާއިރު ލިބިފައިވާ ނާރސިންގ ސެޓުފިކެޓާއި ނާރސިންގ ކައުންސިލްގެ ރެޖިސްޓްރޭޝަން އާއި ލައިސަންސް އަދި އައި.ޑީ ކާޑުގެ ކޮޕީ ( އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު، ސެޓުފިކެޓު ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުން ) ހުށަހެޅުއްވުން އެދެމެވެ. މިކަންކަން ފުރިހަމަ ނުކުރައްވާ ހުށަހަޅުއްވާ ސިޓީތައް ބާޠިލު ކުރެވޭނެއެވެ.
މިކަމާ ބެހޭގޮތުން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ ނަންބަރު 3014400، 3014437 ފޯނަށް ގުޅުއްވުން އެދެމެވެ.
22 ޞަފަރު 1436