ނީލަން
ނަންބަރު: (IUL) 14-A4/1/2023/9
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:32
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހުގައިހުރި ބައު ތަކެތި ނީލަމުގައި ވިއްކުމާބެހޭ

މިއޮފީހުގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުސޫލުން ނީލަންކިޔުން 28 ފެބުރުއަރީ 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ހދ. ކުޅުދުއްފުށީ ކަސްޓަމްސް އޮފީހުގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިފައިގެން 28 ފެބުރުއަރީ 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ހދ. ކުޅުދުއްފުށީ ކަސްޓަމްސްއަށް ހާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ފެބުރުވަރީ 2023