ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:06
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި އުކާލުމާއި، ކުނި ނައްތާލުމާއި ބެހޭ ޢާންމުއުޞޫލް

ތަޢާރަފް

  1.  

(ހ)

މިއީ ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 148 ވަނަ މާއްދާގެ (ށ) އިން ބާރުލިބިގެން ކުނި މެނޭޖް ކުރުމާބެހޭ ޤަވާއިދު 2013 (ގަވާއިދު ނަންބަރު:-R/2013  ގެ ދަށުން އެކުލަވާލާފައިވާ ލ. އިސްދޫގައި އުފެދޭ، އަދި އުފައްދާ ކުނި އުކާލުމާއި، ނައްތާލުމާއި ބެހޭ ޤަވައިދުގެ ދަށުން  އެކުލަވާލާފައިވާ އުސޫލެކެވެ.

ނަން

.2

(ހ)

މި އުސޫލަށް ކިޔާނީ "ކުނި އުކާލުމާއި، ކުނި ނައްތާލުމުގެ އުސޫލް" އެވެ.

ޢަމަލުކުރަން ފަށާ ތާރީޚް

 

(ށ)

މި އުސޫލަށް ޢަމަލުކުރަން ފަށާނީ، މި އުޞޫލް ކައުންސިލުން ފާސްކޮށް، ޢާންމުކޮށް އިޢުލާން ކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ކުރީގައި ހިނގާފައިވާ ކަންކަމަށް މި އުސޫލް ހިންގުން

.3

(ހ)

މި އުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ހިނގާފައިވާ ކަންކަމުގެ މައްޗަށް، މި އުސޫލެއް ނުހިނގާނެއެވެ. ނަމަވެސް މި އުސޫލަށް ޢަމަލު ކުރަން ފެށުމަށްފަހު، މި އުސޫލުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މި އުސޫލުގެ ދަށުން ހިނގާނެއެވެ.

ކުނިކޮށި ކަނޑައެޅުން

.4

(ހ)

މި އުސޫލަށް ޢަމަލުކުރަން ފެށުމާއިއެކު މީގެ ފަހުން ކުނި އުކާލަންވާނީ، ރަށު ކައުންސިލުން ކުނިއުކުމަށް ކަނޑައަޅާފައިވާ ކުނި ކޮށްޓަށެވެ. އެތަނަށް ކިޔާނީ "އިސްދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ" އެވެ.

 

 

(ށ)

ވަކި ބާވަތެއްގެ ކުނި އެޅުމަށް ކަނޑައަޅާފައިވާ ތަނަކަށް، އެނޫން ބާވަތެއްގެ ކުނި އަޅައިފިނަމަ، ކުނި އުކަން ހަމަޖެހިފައިވާ ތަންނޫން އެހެން ތަނަކަށް ކުނިއެޅީކަމުގައި ބަލައި، މި އުސޫލުގެ 14 ވަނަ ނަންބަރުގައިވާ ގޮތަށް، އެފަރާތަކާއިމެދު  ޢަމަލުކުރެވޭނެއެވެ.

ކުނި އުފުލުން

.5

(ހ)

ގޭބިސީތަކާއި، ވިޔަފާރިކުރާ ތަންތަނާއި، ސައިހޮޓާ ކެފޭ ރެސްޓޯރަންޓާއި، ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި އާންމުކޮށް އުފެދޭ، އަދި އުފައްދާ، ދުވަހު ކުނިބުނި، ކުނި ކޮށްޓަށް ފޮނުވާނީ، މިކައުންސިލުން ޤާއިމްކުރާ ކުނިއުކާލުމުގެ ނިޒާމުގެ ތެރެއިންނެވެ.

 

 

(ށ)

މި ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ނިޒާމުތަކުގެ ތެރެއިން ނޫންގޮތަކަށް، އަމިއްލައަށްވިޔަސް، ތަނަކަށް ކުނި އުކުމަކީ މަނާކަމެކެވެ. އަދި ކަނޑައެޅޭ އުސޫލުން ކުނި ފޮނުވަންވާނީ، ކުނިވާ ޒާތުގެ ކުނިނަމަ، ވައި ނުވަންނާނޭހެން މަތި ބަންދުކުރުމަށް ފަހުގައެވެ. މިނޫން ކުނި ހުންނަންވާނީ ގޯނިފަދަ އެއްޗަކަށް އަޅައި ތުންއައްސާފައެވެ.

 

 

(ނ)

މިނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ނިޒާމްގެ ބޭރުން، އަމިއްލައަށް ކުނިއުކާލަން ބޭނުންނަމަ ކުނި އުކާލެވޭނީ މިދަންނަވާ އުޞޫލުން، ކުނި ކޮށީގެ އެންޓްރެންސް ފީ ދައްކައިގެންނެވެ.

-        ކުނިއުކަނީ ވީލްބަރޯގައިނަމަ ދަތުރަކު -/20 (ވިހިރުފިޔާ) އެވެ.

-        ކުނިއުކަނީ ގާޑިޔާ ގައިނަމަ ދަތުރަކު -/30 (ތިރީސް ރުފިޔާ) އެވެ.

-        ކުނި އުކަނީ، ބަގީގައިނަމަ ދަތުރަކަށް، -/50( ފަންސަވީސް ރުފިޔާ) އެވެ.

-        ކުނި އުކަނީ، ޕިކަޕް، ނުވަތަ ލޮރީގައި ނަމަ ދަތުރަކަށް، -/80( އަށްޑިހަ ރުފިޔާ) އެވެ.

-        އެނޫން ވެހިކަލްތަކުގައި، ދަތުރަކަށް، -150ރ(އެއްސަތޭކަ ފަންސާސް ރުފިޔާ)  ކައުންސިލަށް ދައްކަންވާނެއެވެ.

-        މީގެ އިތުރުން ކުނި އުކަން ވާނީ، ތިރީގައިވާގޮތުގެ މަތިންނެވެ.

-        އަމިއްލައަށްވެސް ކުނިއުކާލެވޭނީ ކުނިކޮށި ހުޅުވާފައިހުންނަ ގަނޑިތަކުގައި ކުނިކޮށްޓަށެވެ.

-        ކުނީގެ ބާވަޔްތައް ވަކިކޮއްގެންނެވެ.

-        ގޭބިސީގައި ހިމެނޭ، ބޮޑެތި ކުނިތައް ވަކި ދުވަހެއްގައި ކުނިކޮށްޓައް ގެންދިއުން، މިގޮތަށް ގެންދާއިރު ބޮޑެތި ގަސް، އަދި ރުކުގެ ބައިތައް ކުދިކޮށްގެން ގެންދިއުން.

ކުނި އުފުލާ ވަގުތު:

.6

(ހ)

(ހ) މިކައުންސިލުން ޤާއިމްކޮށްފައިވާ، ކުނިއުކާލުމުގެ ނިޒާމުގެ ދަށުން ގޭބިސީތަކާއި، ވިޔަފާރިކުރާ ތަންތަނާއި، ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓާއި، ސަރުކާރު އޮފީސްތަކާއި، ކުންފުނިތަކުގައި، ޢާންމުކޮށް އުފެދޭ، އަދި އުފައްދާ ދުވަހު ކުނިބުނި، ކުނިގޮނޑަށް އުފުލުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އާއި 14:00 އާ ދެމެދުއެވެ. (ނޯޓު: ދެންނެވިފައިވާ ގަޑިއަށް ބަދަލު ގެނައުމުގެ އިޚްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ. މިގޮތަށް ގެނެވޭ ބަދަލުތައް ކައުންސިލުން ރަސްމީކޮށް ވައިބަރ ގްރޫޕްގައި އިޢުލާންކުރެވޭނެއެވެ.) އަދި މިޚިދުމަތުގައި ބައިވެރިނުވާ ފަރާތްތަކުން ކުނިއުކާނެ ގަޑިއަކީ 9:00 ން 12:00 އަށެވެ.

މި ދަންނަވާ ދުވަސްތަކަކީ، ކުނިކޮށި ރަސްމީ ބަންދު ދުވަސްތަކެވެ.

ހުކުރު ދުވަސް، ޢީދު ދުވަސް، ރަމަޟާން މަހު ފުރަތަމަ ދުވަސް.

ކުނި އެންދުން:

.7

(ހ)

ކުނި އަންދަންވާނީ އެކަމަށް ކައުންސިލުން ކަނޑައަޅާ ދުވަހެއްގައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކައުންސިލުން ކަންޑައަޅާ ތަނެއްގައެވެ.

ގޯތީގައި ކުނި އެންދުން:

.8

(ހ)

މި އުސޫލަށް ޢަމަލު ކުރަން ފެށުމަށްފަހު، އެއްވެސް ގޯއްޗެއްގައި ނުވަތަ އަމިއްލަ ބިމެއްގައި، ކުނި އަންދަންވާނީ، ކައުންސިލުން އެކަމަށް ކަނޑައަޅާ ގޮތެއްގެ މަތިން ކައުންސިލުގެ ހުއްދަ ހޯދުމަށްފަހުގައެވެ.

         

 

 

 

(ށ)

މި ނަންބަރުގެ (ހ) ގެ ބޭނުމަކަށް ކައުންސިލުން ހުއްދަ ދިނުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރަންވާނެއެވެ.

ގޯތީގައި އެންދުން މަނާތަކެތި:

9.

(ހ)

ގޭސް، ރައްކާކޮށްފައިވާ ތަކެއްޗާއި، ޕްލާސްޓިކް އަދި ފައިބަރުފަދަ ތަކެއްޗާއި، އެއްޗެއް އެންދުމުން ނުބައިވަހެއް ދުވައިފާނޭ ތަކެތި، ގޯތީގައި އެންދުމަށް ހުއްދަ ދީގެންނުވާނެއެވެ.

ގޯތީގައި ކުނި ޖަމާކުރުން

10.

(ހ)

މި އުސޫލަށް ޢަމަލުކުރަން ފެށުމަށްފަހު، އެއްވެސް މީހަކު އެމީހެއްގެ ގޯތީގައި، ނުވަތަ އެމީހެއްގެ ބެލުމުގެ ދަށުގައިވާ ގޯތީގައި، އަވަށްޓެރިންނަށް އުނދަގޫވެދާނެ ފަދަ ގޮތަކަށް ކުނި ޖަމާކޮށް، ކުނި އުކައިނުލާ ގިނަކުރުމަކީ މަނާކަމެކެވެ.

ކުނި އުކުމުގެ ފީ:

11.

(ހ)

ގޭބިސީތަކާއި، ފިހާރަ ތަކާއި، ހޮޓާ، ރެސްޓޯރަންޓް، ކެފޭ، ގާޑިޔާ ފަދަ ތަންތަނުގައި، އާންމުކޮށް އުފެދޭ ދުވަހު ކުނިބުނި އުކުމަށް މަހަކު-/140)އެއްސަތޭކަ ސާޅީސް ރުފިޔާ) އެވެ.

މަސްދުވަހަށް ކޮޓަރި ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކުން ކޮންމެ ކޮޓަރިއަކީ، ވަކި ބިސީއެއްކަމަށް ބަލައި، އެތަނަކުން ކޮންމެ މަހަކު -/140(އެއްސަތޭކަ ސާޅީސް ރުފިޔާ) އެވެ.

 

(ށ)

މަސްދުވަހަށް ގެ އެކުގައި، ކުއްޔަށްދޫކޮށްފައިވާ ފަރާތްތަކުން، އެއީ ވަކި ބިސީއެއްކަމަށްބަލައި، ކުނި އުކުމަށް  މަހަކު -/140 (އެއްސަތޭކަ ސާޅީސް ރުފިޔާ) އެވެ.

 

(ނ)

ސަރުކާރު އޮފީސްތަކާއި، ކުންފުނިތަކުގައި އާންމުކޮށް އުފެދޭ ދުވަހު ކުނިބުނި އުކުމަށް މަހަކު -/500 (ފަސްސަތޭކަ ރުފިޔާ) މިކައުންސިލަށް ދައްކަން ވާނެއެވެ.

 

(ރ)

ސަރުކާރު އޮފީސްތަކާއި، ކުންފުނިތަކުން އުކާލަންޖެހޭ ޚާއްޞަ ކުނި އުކާލުމަށް ކައުންސިލް ވެހިކަލްގެ ފީ ދަތުރަކަށް، -/50ރ(ފަންސާސް ރުފިޔާ) އެވެ.

 

(ބ)

ގެސްޓްހައުސްތަކުން އުކާލަންޖެހޭ ޚާއްޞަ ކުނި އުކާލުމަށް ކައުންސިލް ވެހިކަލްގެ ފީ ދަތުރަކަށް، -/50ރ(ފަންސާސް ރުފިޔާ) އެވެ.

 

(ޅ)

ކުނިއުކާލުމުގެ މަހުފީ ދައްކާއިރު ކުނީގެ ޚިދުމަތް ނުދެވިދާދުވަސްތައް އުނިކުރުމަށްފަހު ޚިދުމަތް ދެވުނު ދުވަސްތަކަށް ފީބަލައިގަނެވޭނެއެވެ. މިގޮތުން ފީ ބަލައިގަނެވޭނީ މި ދަންނަވާ ގޮތަށެވެ.

  1. ފީ ދައްކަންޖެހޭ މުއްދަތުގައި ފީ ނުދައްކައިފިނަމަ، ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އުނި ނުކުރެވޭނެއެވެ.
  2. ގޭ ބިސީގައި ދިރިއުޅޭ ފަރާތްތަކުން، ރަށުންބޭރަށް ދިއުންފަދަ ޚާއްޞަ ޙާލަތެއް މެދުވެރިވެގެން ގޭގައި ދިރިނޫޅޭ ނަމަ، އެކަން ކައުންސިލަށް އަންގާފައިވާނަމަ، ފީ ދައްކަން ނުޖެހޭނީ ހަމައެކަނި އެދުވަސްތަކަށެވެ.

 

 

(ކ)

ކައުންސިލްގެ ޕިކަޕުގައި ކުނި އުކާލުމަށް، ދަތުރެއް ކޮށްދެވޭނީ ދަތުރަކަށް

 -/100ރ(އެއްސަތޭކަ ރުފިޔާ) އަށެވެ.

 

 

(އ)

ކައުންސިލްގެ ޕިކަޕުގައި، ކައުންސިލްގެ މުވައްޒަފުން މެދުވެރިކޮށް، ޕިކަޕަށް ބަރުކުށްގެން، ދަތުރެއް ކޮށްދެވޭނީ ދަތުރަކަށް -/200ރ(ދުއިސައްތަ ރުފިޔާ) އަށެވެ.

ކުނިކޮށި ފިޔަވައި އެހެން ތަންތަނަށް ކުނިއެޅުން

12.

(ހ)

ކައުންސިލުން ކުނިއުކުމަށް ކަނޑައަޅާފައިވާ ކުނިކޮށި ނޫން އެހެންތަނަކަށް ކުނި އަޅައިފިނަމަ، އެކަން ކުރިފަރާތާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

 

 

(ށ)

މިއުސޫލުގައި ހިމެނިފައިވާ ކަންކަމާއިޚިލާފަށް، އަމަލުކުރާ ފުރަތަމަ ފަހަރުނަމަ، އެމީހަކަށް އެކަން ރަނގަޅު ކުރުމަށް ނަސޭހަތްދިނުން.

ދެވަނަ ފަހަރަށް ކުށް ތަކުރާރު ކޮއްފިނަމަ-/500ރ (ފަސް ސަތޭކަ ރުފިޔާ)އާއި 1000ރ (އެއްހާސް ރުފިޔާ) ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

ތިންވަނަފަހަރަށް ކުށް ތަކުރާރު ކޮއްފިނަމަ-/1000ރ (އެއްހާސްރުފިޔާ) އާއި -/3000ރ ( ތިންހާސް ރުފިޔާ) ދެމެދު ޢަދަދަކުން ޖޫރިމަނާ ކުރުން.

ހަތަރު ފަހަރަށް ކުށް ތަކުރާރުކޮއްފިނަމަ -/3000ރ (ތިންހާސް ރުފިޔާ) -/5000ރ (ފަސްހާސްރުފިޔާ) އާއި ދެމެދުގެ ޢަދަދަކަށް  ޖޫރިމަނާކުރުން، އަދި ހަތަރު ފަހަރަށް ވުރެ އިތުރަށް، ކުއްތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000ރ (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

ކުނީގެ ބޭނުން ހެޔޮގޮތުގައި ހިފުން

13.

(ހ)

ކުނިކޮށްޓަށް އުކާލާ ތަކެތީގެ ތެރެއިން، ކައުންސިލްގެ ނަޒަރުގައި ބޭނުން ހިފޭނެ ތަކެތި ނަގައިގެން، އެތަކެތި ވިއްކައި، ނުވަތަ ބޭނުންކުރުމުގެ ހުއްދަ ކައުންސިލަށާއި، ކައުންސިލުން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. މި ނޫންގޮތަކަށް ކުނިކޮށިން ތަކެތި ނަގައި އެތަކެތީގެ ބޭނުން ކުރުމަކީ، މަނާކަމެކެވެ. މިގޮތަށް ތަކެތި ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރާނީ ކައުންސިލްގެ ޢާމްދަނީއަށެވެ.

އުސޫލާ ޚިލާފުވުން:

14.

(ހ)

މިއުސޫލުގައި ކުރުމަށް އަންގައިފައިވާ ކަމެއް ނުކުރުމުން، ނުވަތަ ނުކުރުމަށް އަންގާފައިވާ ކަމެއް ކުރުމުން، ކަނޑައެޅިގެން ވަކި އަދަބެއް ކަނޑައަޅާފައި ނުވާ ކަންކަމަށް ކަމުގެ ކުޑަ ބޮޑުމިނަށް ބަލައި -/500ރ (ފަސްސަތޭކަ ރުފިޔާ) އާއި- /1000ރ (އެއްހާސްރުފިޔާ) ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

 

(ށ)

މި އުސޫލުގައި ހިމެނޭ އެންމެހާ ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ މި ކައުންސިލަށެވެ.

މިއުސޫލްގެ ދަށުން  ކުނީގެ ޚިދުމަތް ދިނުމުގެ ކުރިން ނަގާފައިވާ ފައިސާއަށް ގޮތެއްނިންމުން

15.

(ހ)

މިއުސޫލްގެ ދަށުން، ކުނީގެ ޚިދުމަތް ދިނުމުގެ ކުރިން ކުނިއުކުމުގެ ފީގެ ގޮތުގައި ގޭގެއިން ދައްކާފައިވާ ފައިސާ، މިއުސޫލަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން، އެގޭގެއިން މިއުސޫލްގެ ދަށުން ޚިދުމަތް ހޯދުމަށް ދައްކާފައިވާ ފައިސާގެ ގޮތުގައި ހަމަޖެއްސޭނެއެވެ. އަދި އެގޭގެއިން ދެން ފައިސާ ދައްކަންވާނީ، އެފައިސާއިން މަސްތަކަށް ބެހުމުން، ބާކީވާ މަސްތަކަށެވެ. މީގެ ތަފްސީލް ގެތަކަށް ކައުންސިލުން ދޭންވާނެއެވެ.

މާނަކުރުން:

17.

(ހ)

ކައުންސިލް: މިއުސޫލުގައި ވަކިތަނެއްގައި، ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައަކީ، "ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާއެވެ".

 

 

(ށ)

ކުނިކޮށި: މިއުސޫލުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކުނިކޮށީގެ މާނައަކީ، ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާފައިވާ، "އިސްދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ"އަށެވެ.

 

 

(ނ)

ދުވަހު ކުނިބުނި: މިއުސޫލުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ދުވަހު ކުނިބުނީގެ މާނައަކީ، "ގޭބިސީތަކާއި، ވިޔަފާރިކުރާ ތަންތަނާއި، ސަރުކާރު އޮފީސްތަކާއި، ކުންފުނިތަކުން އާންމުކޮށް އުކާލާ ކުނިކަހައިގެން ނަގާ ކުންޏާއި، ކާބޯތަކެތީގެ ކުނިބުންޏެވެ."

 

 

(ރ)

މިއުސޫލުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީލް ކުރުމުގެ މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގްރޫޕް، އޮފީސް ފަދަ ތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެޖެންސީއަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް، ގިނަ މީހުންނަށް ނުވަތަ ދެޖިންސަށް އެކުލެވޭގޮތަށް މާނަކުރެވިދާނެއެވެ.

16 ފެބުރުވަރީ 2023