ދިވެހިރާއްޖެ
އިޢުލާން
ފުށިފަންނު ޕާކުގައި ހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަގު ( ކޯޓޭޝަން ) ހުށަހެޅުމަށް ހުޅުވާލުން
މިކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ފުށިފަންނު ޕާކުގައި ހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޢިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ މިއިދާރާގެ ނަންބަރު: (IUL)320-PRM/320/2023/34 އިޢުލާން ބާޠިލުކޮށް އަލުން މިކަމަށް ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2023 ފެބްރުއަރީ 19 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިއިދާރާއަށް މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ، [email protected] އަށް 2023 ފެބްރުއަރީ 19 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ފޮނުއްވަންވާނެއެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ މެމްބަރ (އަބްދުﷲ ރަޝީދު) 7909032 އަށް ގުޅުއްވުން އެދެމެވެ.
25 ރަޖަބު 1444