ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101-HR/1/2023/47
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 22 ފެބުރުވަރީ 2023 12:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ސީނިއަރ ސޮފްޓްވެއަރ ޑިވެލޮޕަރ

އިޢުލާން

 

 

"ސީނިއަރ ސޮފްޓްވެއަރ ޑިވެލޮޕަރ" ވަޒީފާއަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 

ބޭނުންވާ އަދަދު: 01

 

މަތީގައި ދެންނެވިފައިވާ މަޤާމާއި ގުޅޭ ޓާރމްސް އޮފް ރިފަރެންސް މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި:  މި ވަޒީފާއަށް ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 22 ފެބުރުއަރީ 2023  ވާ ބުދަ ދުވަހުގެ 12:00 އެވެ. ހުށަހަޅާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މި މިނިސްޓްރީގެ ހިއުމަން ރިސޯސް ސެކްޝަނަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ހުށަހަޅުއްވާނީ [email protected]  އީމެއިލްއަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 13:00–09:00 ދެމެދު 3323668 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

16 ފެބުރުވަރީ 2023