މަސައްކަތް
ނަންބަރު: (IUL)309-ESM/309/2023/39
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 23 ފެބުރުވަރީ 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - ރ.އިނގުރައިދޫ ފުޓްސަލް ދަނޑުގައި އޮފިސަލް ބެންޗް ހެދުން

އިޢުލާން

 

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު - ރ.އިނގުރައިދޫ ފުޓްސަލް ދަނޑުގައި އޮފިސަލް ބެންޗް ހެދުން

 

  1.       ރ.އިނގުރައިދޫ ފުޓްސަލް ދަނޑުގައި އޮފިސަލް ބެންޗް ހެދުމަށްޓަކައި ކުރެވިފައިވާ މި އިދާރާގެ ނަންބަރު:          (IUL)309-ESM/309/2023/18  (26 ޖަނަވަރީ 2023) އިޢުލާނާއި ގުޅިގެން ހުށަހެޅި ބީލަންތަކުގެ އަގުތައް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ މަތީ އަގުތަކެއް ހުށަހަޅާފައިވާތީވެ އަލުން މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުޅުވާލަމެވެ.
  2.       މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 23 ފެބްރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
  3.       މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 26 ފެބްރުއަރީ 2023 ވާ އާދިއްތަ ދުވަހުގެ 10:30ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
  4.       މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 26 ފެބްރުއަރީ 2023 ވާ އާދިއްތަ ދުވަހުގެ 10:30ގެ އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
  5.       ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 02 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
  6.       އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ފޯނު ނަންބަރު: 6580028

        އީ-މެއިލް: [email protected]

                ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

16 ފެބުރުވަރީ 2023