މަސައްކަތް
ނަންބަރު: (IUL)434-PRC/434/2023/42
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 26 ފެބުރުވަރީ 2023 10:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މި އޭޖެންސީގެ ޓްރީޓްމަންޓް ބްލޮކު (ގ. ގްރީންގެ / އަލިކިލެގެފާނު މަގު) ގޯތިތެރޭގައި ހުރި 06 ގަސް ކަނޑާ، ތަން ސާފުކޮށް، ގައު އެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މި އޭޖެންސީގެ ޓްރީޓްމަންޓް ބްލޮކު (ގ. ގްރީންގެ / އަލިކިލެގެފާނު މަގު) ގޯތިތެރޭގައި ހުރި 06 ގަސް ކަނޑާ، ތަން ސާފުކޮށް، ގައު އެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް 16 ފެބްރުވަރީ 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން 23 ފެބްރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް، އިވެލުއޭޝަން ކްރައިޓީރިއާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ.

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ދިނުން

20 ފެބްރުވަރީ 2023 (ހޯމަ)

10:00

(މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ، މާލެ (ގ. ގްރީންގެ / އަލިކިލެގެފާނު މަގު / މާލެ / ދިވެހިރާއްޖެ)

އަންދާސީ ހިސާބު ހުށަހެޅުން

26 ފެބްރުވަރީ 2023 (އާދީއްތަ)

10:00

(މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ ހެޑް އޮފީސް، މާލެ (ސީޓްރެކް ބިލްޑިންގ / ދެވަނަ ފަންގިފިލާ  / ގުރާބުތުނޑި ހިނގުން / މާލެ / ދިވެހިރާއްޖެ)

16 ފެބުރުވަރީ 2023