މަސައްކަތް
ނަންބަރު: (IUL)222-F/473/2023/10
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 21 ފެބުރުވަރީ 2023 10:30
ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތައް ހއ.އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ހޯލް ބޮޑުކުރުމަށް ހޯލުގެ ހުޅަނގު ފަރާތަށް އިތުރުކުރެވޭ ބައި އިތުރުކުރުމަށް އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު  ބޭނުންވެއްޖެ

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތައް ހއ.އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ހޯލް ބޮޑުކުރުމަށް ހޯލުގެ ހުޅަނގު ފަރާތަށް އިތުރުކުރެވޭ ބައި އިތުރުކުރުމަށް އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

21 ފެބްރުއަރީ 2023 (އަންގާރަ)

10:30

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ) ،އަދި ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު (ހއ. އުތީމު)

ބީލަން ހުށައެޅުން

28 ފެބްރުއަރީ 2023  (އަންގާރާ)

10:30

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ) ،އަދި ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު (ހއ. އުތީމު)

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3340205 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. 

16 ފެބުރުވަރީ 2023