ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)225-AHRI/225/2014/44
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 18:31
ސުންގަޑި: 24 ޑިސެންބަރު 2014 15:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުވެރި

          `

          އިޢުލާން

 
   

މި އިދާރާގެ މި މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު

ފަޅުވެރި

ރޭންކް

އެސް.އެސް. 2

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

މަޤާމުގެ ނަންބަރު

256021

އޮފީސް/ އިދާރާ

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން/ ޔުނިޓް

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ

3470:00 ރުފިޔާ

ސަރވިސް އެލަވަންސް

1000.00 ރުފިޔާ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

1- .ލޯންޗް ޑްރައިވަރ އަންގާގޮތެއްގެމަތިން ލޯންޗުގެ ފެހިކަހައި، ދޮވެ ސާފުކުރުން.

2- ލޯންޗަށް އަޅަންޖެހޭ ތެޔޮއެޅުމާއި، ލޯންޗަށް ގެންދަންޖެހޭ ތަކެތި ގެންދިޔުން.

3- ލޯންޗުގެ އިންޖީނުގެ ތެޔޮ ބަދަލުކުރަންޖެހޭ ގަޑި ހަމަވުމުން ތެޔޮ ބަދަލުކުރުން.

4- ލޯންޗަށް ހޯދާފައިވާ ތަކެތި ބެލެހެއްޓުން.

5- ލޯންޗުގައި އަތޮޅުތެރެއަށާއި އެނޫންވެސް ތަންތަނަށް ކުރަންޖެހޭ ދަތުރުތައް ކުރުން.

6- މީގެ އިތުރުންވެސް، އޮފީހުގެ މަސައްކަތާ ގުޅިގެން ވެރިން އަންގަވާ މަސައްކަތްތައް ކުރުން.       

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 1 އޭޕްރީލް 2013 ގައި ޢަމަލުކުރަން ފައްޓަވާފައިވާ" ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެމަތިން.

އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތަނާއި ތާރީޚާއި ގަޑި، ފަހުން ލިޔުމުން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު،  24 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސް ޤަވާޢިދުގައިވާ ގޮތުގެމަތިން މުސާރައިގެ އިތުރުން، އިތުރުގަޑީގެ ފައިސާއާއި، ބަންދުވަހުގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1.ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމް، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (ސެޓްފިކެޓްތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް) (އައިޑީ ކާޑުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ ނަންބަރު: 6500002 ،6500068 ފޯނާއެވެ. ފެކްސް ނަންބަރަކީ 6500063 އެވެ. އީމެއިލް އެޑްރެހަކީ  [email protected] އެވެ.

23 ޞަފަރު 1436         

15 ޑިސެންބަރު 2014