ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-ESM/309/2023/35
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:59
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމަށް ހެދިފައިވާ ޤަވާއިދުތަކަށް އަހުލުވެރިވުމާއިގުޅޭ

އިޢުލާން

 

 

އެއްގަމު އުޅަނދު ދުއްވުމަށް ހެދިފައިވާ ޤަވާއިދުތަކަށް އަހުލުވެރިވުމާއިގުޅޭ

 

               މިކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ގުޅިގެން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއިގުޅޭ ގޮތުން ބޭއްވުނު ބައްދަލުވުމުގައި، އެއްގަމު އުޅަނދު ދުއްވުމަށް ހެދިފައިވާ ޤަވާއިދުތަކާއި ހިލާފަށް އުޅަނދުފަހަރު ދުއްވަމުންދާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ފާހަގަ ކުރެވިފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި:

  • އިރުއޮއްސި ހައެއްގެ ފަހުން ބައްތި ނުދިއްލާ ބައިސްކަލު ދުއްވުން،
  • ދެކުދިން ނުވަތަ ތިން ކުދިން ލައިގެން ބައިސްކަލު ދުއްވުން،
  • ލައިސަންސް ނެތި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން،
  • ސައިކަލް ދުއްވާއިރު ދެމީހުންނަށްވުރެ އިތުރަށް މީހުންއަރުވައިގެން ދުއްވުން،
  • އިންޖީނުލީ އުޅަނދުތަކުގައި ހުންނަންޖެހޭ ސްޓިކާތަށް ޤަވާއިދާ އެއްގޮތަށް ނެތުން.

 

         ވީމާ، މަގުމަތީގެ ރައްކާތެރިކަމަށްޓަކައި މަތީގައި ދެންނެވިފައިވާ އެންމެހާއި ކަންކަމަށް ޢާއްމުން ސަމާލުވެ ރައްކާތެރިވުމަކީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ވަރަށް ބޮޑު އެދުމެއްކަމުގައި ދަންނަވަމެވެ. މިފަދަ އެންމެހާއި ކަންކަމުގައި ތިޔަ ލޮބުވެތި ރައްޔިތުންގެ ފަރާތުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި އިޙްލާޞްތެރިކަމާއިއެކު ޝުކުރު ދަންނަވަމެވެ.

16 ފެބުރުވަރީ 2023