ބީލަން
ނަންބަރު: (IUL)GS129/2023/03
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 22 ފެބުރުވަރީ 2023 10:00
ފައިނު ސްކޫލް
ދިވެހިރާއްޖެ
ރ.ފައިނު ސުކޫލް ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ޙޯދުމަށް

މި ސުކޫލްގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް 

2023ވަނަ އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް މިސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެންކުރި (IUL)GS129/2023/01 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިސުކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 19 ފެބްރުއަރީ 2023 ވާ އާދިއްތަދުވަހު ހެނދުނު 10:00ގައި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ފެބްރުއަރީ 2023 ވާ ބުދަދުވަހު ހެނދުނު 10:00އަށް މިސުކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

24 ތަޖަބު 1444

15 ފެބްރުއަރީ 2023

15 ފެބުރުވަރީ 2023