ދިވެހިރާއްޖެ
އިޢުލާން
ބ.މާޅޮހު މަސްޖިދުއްސަލާމްގެ އިސްކުރުބަރި އަދި ބައެއް އިތުރު މަރާމާތުތަކެއްކުރުން
ބ.މާޅޮހު މަސްޖިދުއްސަލާމްގެ އިސްކުރުބަރި އަދި ބައެއް އިތުރު މަރާމާތުތަކެއް ކުރަން ބޭނުންވެއްޖެއެވެ. ވީމާ މިއިދާރާއިން ތަކެތި ދިނުމުން، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަސައްކަތުގެ މަޢުލޫމާތު: |
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން، 2023 ފެބްރުއަރީ 21 ވާ އަންގާރަދުވަހުގެ 11:00ށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. |
ބިޑްރަޖިސްޓްރީކުރުން: |
މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2023 ފެބްރުއަރީ 21 ވާ ބުދަދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ މިކައުންސިލްގެ އީމެއިލް އެޑްރެސް: [email protected] ކޮޕީ: [email protected] އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލްކުރައްވައިގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
އަންދާސީ ހިސާބު ހުށަހެޅުން: |
|
އަގު ހުށަހަޅަންވީ ގޮތް: |
- ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ. - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ. |
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް: |
|
މާރކްސް ދެވޭގޮތް: |
|
އިތުރު މައުލޫމާތު: |
މިމަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ: 6600056 / 7612867 އަށް ގުޅުއްވުން އެދެމެވެ. |
25 ރަޖަބް 1444
16 ފެބްރުއަރީ 2023